އުމްރާއަށް ފުރަން އުޅުނު 100 މީހަކަށް ފުރޭ ގޮތެއް ނުވި

ރާއްޖެއިން އުމްރާއަށް ފުރަން އުޅުނު 100 މީހަކަށް ފުރޭ ގޮތް ނުވެ، އެމީހުންގެ ފުރުން މިރެއަށް ލަސްވެއްޖެއެވެ.
މިރެއަށް ފުރުން ލަސްވެފައި ވަނީ ސަފާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އުމުރާއަށް ފުރަން އުޅުނު ބައެކެވެ.
އެނގިފައިވާ ގޮތުގައި އެމީހުންނަށް ފުރޭ ގޮތް ނުވީ، އުމްރާއަށް ދިޔުމުގެ ކުރިން އެމީހުން ހަދައިފައިވާ ޕީސީއާރްގެ ވަގުތުގެ ގޮތުންނެވެ.
އުމްރާއަށް ދިޔުމުގެ ކުރިން 48 ގަޑިއިރު ނުވާ ޕީސީއާރް ޓެސްޓުގެ ނައްސި ނަތީޖާއެއް އޮންނަން ޖެހޭނެ ކަމަށް ސައުދީ ސަރުކާރުން ވަނީ އަންގައިފައެވެ. ނަމަވެސް އެމީހުން ހައްދައިފައި އޮތީ 72 ގަޑިއިރު ނުވާ ޕީސީއާރް ޓެސްޓެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އެގޮތަށް ކަންތައްވެފައިވީ، ސައުދީ ސަރުކާރުން ހާމަކޮށްފައިވާ ގައިޑްލައިންތައް ސަފާ ގްރޫޕަށް އޮޅުން އަރައިފައި އޮތުމުގެ ސަބަބުން ކަމަށެވެ.
މިކަމުގެ ސަބަބުން ސަފާ ގްރޫޕުން އުމްރާއަށް ދާ މީހުން އެ ގުރޫޕްގެ ހަރަދުގައި ޕީސީއާރް ހެދުމަށް އެ ގުރޫން ވަނީ ނިންމައިފައެވެ.





.webp)

ކޮމެންޓް