ރައީސްގެ ސާޖަރީ ނިމިއްޖެ، ހާލުކޮޅު ރަނގަޅު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ތައިރޮއިޑް ސާޖަރީ މިހާރު ނިމިއްޖެ ކަމަށާއި އެ މަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަަމަށް ވިދާޅުވެއްޖެއެވެ.
މީގެ އިރުކޮޅެއް ކުރިން ރައީސް ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ސާޖަރީ މިހާރު ނިމިއްޖެ ކަމަށާއި ހާލުކޮޅު ރަނގަޅު ކަމަށެވެ. އަދި އެމަނިކުފާނަށް ހެޔޮ ދުއާ ކޮށްދެއްވި އެންމެންނަށް ރައީސް ޞާލިޙް ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.
https://twitter.com/ibusolih/status/1497066562301599745?s=20&t=J3XiW0e3j6jUu01rQpsfpA
ރައީސް ޞާލިޙް ވަނީ، ސާޖަރީ ހަދައި ނިމިގެން ހާލުކޮޅު ރަނގަޅު ވަންދެން ރައީސްކަމުގެ މަސްއޫލިއްޔަތު ނައިބު ރައީސް ފައިސަލް ނަސީމްއާ ވަގުތީ ގޮތުން ހަވާލު ކުރައްވައިފައެވެ. ނައިބު ރައީސް އެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން ހުވާ ކުރެއްވީ މިއަދު ފަތިހު 5:50ގައެވެ.




.webp)

ކޮމެންޓް