Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރައީސް ޞާލިޙް އަލުން މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންފި

ރައީސް ޞާލިޙް އަލުން މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންފި

ތައިރޮއިޑްގެ ސާޖަރީއަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ރައީސްކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންފިއެވެ.

ރައީސް ޞާލިޙް ރޭ ވަނީ ، ސާޖަރީއަށް ފަހު ހާލުކޮޅު ރަނގަޅު ވަންދެން މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމްއާ ހަވާލު ކުރައްވައިފައެވެ. އަދި ނައިބު ރައީސް މިއަދު ފަތިހު 5:50ގައި، އެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން ހުވާ ވެސް ކުރެއްވިއެވެ.

ރައީސް ޞާލިޙްގެ ސާޖަރީ ނިމި ހާލުކޮޅު މިހާރު ރަނގަޅުކަމަށް ވާތީ އެ މަނިކުފާނު މިހާރު ވަނީ އަނބުރާ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންފައެވެ.

Advertisement
HDC — Sidebar (box)

އެކަން ހާމަކުރައްވައި ރައީސް އޮފީހުން ވިދާޅުވީ، މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންނެވިކަން މިއަދު ހެނދުނު 9:30ގައި ރައީސް ޞާލިޙް ވަނީ ލިޔުމަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަންގަވައިފައި ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް