ޚަބަރު

ކޮވިޑްގައި އިތުރު ދެ މީހަކު ނިޔާވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން
އިސްވެ ކަށުނަމާދު ކުރަނީ ވެސް މުނައްވަރު -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު ދެ މީހަކު ނިޔާވެއްޖެއެވެ.

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ ނިޔާވެފައި ވަނީ އުމުރުން 79އަހަރުގެ އަންހެނަކާއި 78 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި ދެމީހުން ވެސް ނިޔާވީ ށ. ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. އެޗްޕީއޭއިން ބުނީ 79 އަހަރުގެ މީހާ ނިޔާވީ މި މަހުގެ 22 ވަނަ ދުވަހު ކަމަށާއި 78އަހަރުގެ މީހާ ނިޔާވީ މި މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

މި ދެ މަރާ އެކު ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 296އަށް އަރައިފައެވެ.

މާތް ﷲ އެމައްޔިތުންގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާތަކަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!