Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ނަޝީދު، ރައީސް ޞާލިޙަށް: އެމްޑީޕީން އަޅުގަނޑު ވެސް ވަކިކުރައްވާ!

ނަޝީދު، ރައީސް ޞާލިޙަށް: އެމްޑީޕީން އަޅުގަނޑު ވެސް ވަކިކުރައްވާ!

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާ އަޅުވައި އެ ޕާޓީގެ މީހުން ވަޒީފާއިން ވަކި ކުރަންޏާ، އެމްޑީޕީގެ ރައީސްކަމުން މުޙައްމަދު ނަޝީދު ވަކި ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަރިހުގައި ދަންނަވައިފިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލިސް ވަޓްސްއަޕް ގްރޫޕަށް ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ ޤާނޫނު އަސާސީގެ 115ވަނަ މާއްދާ ރައީސުލްޖުމްހޫރިއްޔާ ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށް ކަމަށެވެ.

ގާނޫނު އަސާސީގެ 115 ވަނަ މާއްދާއަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ މާއްދާއެވެ.

Advertisement
Ooredoo — Truecaller (box)

"ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަން. އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް، ޕާޓީއިން މަޤާމްތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން ނުވާނެ. ވަކިކުރަނީ ނަމަ އަޅުގަނޑު ވެސް ވަކި ކުރައްވާ" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ނަޝީދު މިހެން ވިދާޅުވީ ރ.އަތޮޅު ސިއްހީ މަރުކަޒެއްގެ އިސް މަގާމެއްގައި ހުރި އެމްޑީޕީގެ މެންބަރަކު މަގާމުން ވަކިކުރުމާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައެވެ. މި މައްސަލައިގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕްގައި މެންބަރުން ވަނީ ބަހުސް ވެސް ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް