Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އެމްޑީޕީގެ ޕީޖީ ގްރޫޕް އިންތިޚާބު ފަސްކޮށްފި

އެމްޑީޕީގެ ޕީޖީ ގްރޫޕް އިންތިޚާބު ފަސްކޮށްފި

ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕު އިންތިހާބުގައި ޑެޕިޔުޓީ ލީޑަރުންގެ ތެރެއިން އެއްވަރުވި ދެ ކެނޑިޑޭޓުންގެ މެދުގައި ބޭއްވުމަށް ހަމަޖެއްސި އިންތިޚާބު ފަސްކޮށްފިއެވެ.

އެމްޑީޕީން މިރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޑެޕިޔުޓީ ލީޑަރުކަމަށް މެމްބަރަކު އިންތިޚާބު ކުރުމަށް މާދަމާ ބޭއްވުމަށް ކުރިން އިއުލާން ކޮށްފައިވާ އިންތިހާބު މިހާރު ފަސްކޮށްފައިވާ ކަމަށެވެ.

މިހާރު އެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މާރިޗް މަހުގެ 7ވަނަ ދުވަހުގެ މެންދުރު ފަހު 2:00އިން ހަވީރު 4:00އާ ހަމައަށެވެ.

Advertisement
Ooredoo — Square (box)

ޑެޕިޔުޓީ ލީޑަރުގެ މަގާމަށް ކުރިމަތި ލެއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)އާއި ރ.އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިންއެވެ. ދެ މެމްބަރުންނަށް ވެސް 34 ވޯޓް ލިބިގެން އެއްވަރުވީ އަނދުން ޙުސައިންއާއި އިލްޔާސް ލަބީބެވެ.

މި މަހުގެ 18ވަނަ ދުވަހު ބޭއްވި އެ އިންތިހާބުގައި ޕީޖީ ލީޑަރު ކަމަަށް އިންތިޚާބުވެފައި ވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް