Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސަރުކާރު

ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް އިތުރުކޮށްފި

ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް އިތުރުކޮށްފި
ކޮވިޑް-19އާ ގުޅިގެން އިޢުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ. ހެލްތު މިނިސްޓަރު އަޙުމަދު ނަސީމު ސޮއިކުރައްވައި ނެރުއްވި ޤަރާރުގައި ވަނީ އަންނަ މަހުގެ 30ގެ ނިޔަލަށް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރުކުރުމަށް ނިންމަވައިފައިވާ ކަމަށެވެ. މިއީ މި ހާލަތު އިތުރު ކުރި 24ވަނަ ފަހަރެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޅޭނެ ފިޔަވަޅުތައް:

▪︎ ތައުލީމުދޭ މަރުކަޒުތައް ބަންދުކުރުން ▪︎ މީހުން އެއްވެ އުޅުން މަނާކުރަން އަމުރު ނެރުން ▪︎ ވަކި ހިސާބަކަށް ވަކި ވަގުތެއްގައި މީހުން އެއްވެއުޅުމާ ތަންތަނަށް ދިއުން މަނާކުރުމުގެ އަމުރު ނެރުން ▪︎ ރާއްޖޭގެ އެތެރޭގައި ދަތުރުފަތުރުކުރުން ހުއްޓުވުން ނުވަތަ ހާއްސަ ފިޔަވަޅުތަކެއް އެޅުން ▪︎ ސަބަބު ބަޔާން ކޮށްދިނުމަށް ފަހު މީހެއްގެ އިމާރާތެއް ކަރަންޓީނު މަރުކަޒެއްގެ ގޮތުގައި ހަމަޖެއްސުން ކޮވިޑް-19އިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމުގެ ގޮތުން ރާއްޖޭގައި ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކާ އެންމެ ފުރަތަމަ އިއުލާން ކުރީ 2020ވަނަ އަހަރުގެ މާޗު މަހުގެ 12ގައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް