Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ރައްޔިތުންގެ މަޖިލިސް

ޝިޔާމްގެ ސުވާލެއް: ވަޒީފާގެ ބިރު ދެއްކުމުގެ ވާހަކަ ދައްކާ ނަމަ ކޮމަންޑޫގެ ވާހަކަ ކޮބައިތޯ؟

ޝިޔާމްގެ ސުވާލެއް: ވަޒީފާގެ ބިރު ދެއްކުމުގެ ވާހަކަ ދައްކާ ނަމަ ކޮމަންޑޫގެ ވާހަކަ ކޮބައިތޯ؟

ވެރިކަން ކުރާ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ވަކި ކެނޑިޑޭޓަކަށް ތާއީދު ނުކުރާ މީހުން ސަރުކާރުގެ ވަޒީފާތަކުން ވަކިކޮށް ބިރު ދައްކަމުންދާ ކަމަށް ބުނެ އެ ޕާޓީ ތެރޭގައި ހުޅުރޯވި ނަމަވެސް ނިމިގެން ދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެފަދަ ކަންކަން ހިނގައި ދިއުމުން އެމްޑީޕީގެ މެމްބަރުން ހަނުތިއްބެވި ކަމަށް ވިދާޅުވެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ބައެއް މެންބަރުން ވަޒީފާތަކުން ވަކި ކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވަނީ ހޫނު ބަހުސެއް ވެސް ކުރިއަށް ގޮސްފައެވެ.

އެ ބަހުސަށް ފާޑު ވިދާޅުވަމުން މެންބަރު ޝިޔާމް ވިދާޅުވީ ނަމުން "ޑިމޮކްރެޓިކް" ކިޔައިގެން އުޅުނު ނަމަވެސް އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއެއް ނޫން ކަމަށާއި ކުރިއަށް ނެރެގެން އުޅެނީ ޚުދުމުހުތާރު ގޮތްތަކެއް ކަމަށެވެ.

Advertisement
HDC — Sidebar (box)

އެގޮތުން އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން ވަޒީފާއިން ވަކިކުރާ މައްސަލަތައް މަޖިލީހަށް ގެނައުމުގެ ކުރިން ނިމިގެން ދިޔަ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަން އިންތިހާބުގައި ހިންގި އެފަދަ އަމަލުތަކުގެ ވާހަކަ މަޖިލީހުގައި ދެކެވެން ޖެހޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަން ދުވަސްކޮޅު ސަރުކާރުގެ ކުންފުންޏެއްގެ ވެރިޔަކު މުވައްޒަފަކަށް ބިރު ދައްކާ ވާހަކަ އިވޭ އޯޑިއޯއެއް މަޖިލީހުގެ ޖަލްސާއެއްގައި ޝިޔާމް މީގެ ކުރިން ވަނީ އިއްވައިފައެވެ. ނަމަވެސް އެ އޯޑިއޯ އެއްކޮށް އިއްވުމުގު ފުރުސަތު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ދުވަހުގެ ޖަލްސާގައި ނުދެއްވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް