Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ރައްޔިތުންގެ މަޖިލިސް

ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ފެނުގެ ނިޒާމު ގާއިމު ކުރެވިފައި އޮތީ އެންމެ 6 ރަށުގައި: ޝިޔާމް

ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ފެނުގެ ނިޒާމު ގާއިމު ކުރެވިފައި އޮތީ އެންމެ 6 ރަށުގައި: ޝިޔާމް
އިދިކޮޅު ލީޑަރު، ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގައި ފެނުގެ ނިޒާމް ގާއިމު ކުރެވިފައި އޮތީ އެންމެ 6 ރަށުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. ޝިޔާމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެން ރައްޔިތުންނަށް އަސާސީ ކަންކަން ކަށަވަރު ކޮށްދެއްވުމަށް ކުރެއްވި މަސައްކަތްޕުޅުގެ ތެރެއިން، އެމަނިކުފާނުގެ ވެރިކަން ނިމުނުއިރު، 51 ރަށެއްގައި ފެނުގެ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް އޮތީ ފެށިފައި ކަމަށެވެ.
"30 ރަށެއްގެ ފެނުގެ ނިޒާމްގެ މަސައްކަތް ނިންމައި، 15 ރަށެއްގެ މަސައްކަތް ކުރިއަށް ދިޔަތަން ފެންނާނެ." އޭނާ ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ނަރުދަމާގެ ނިޒާމް ގާއިމު ކުރެވިފައި އޮތީ 31 ރަށުގައި ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ވެރިިކަން ނިމުނުއިރު، 102 ރަށާ ހިސާބަށް މަސައްކަތް ގެންގޮސްދެއްވި ކަަމަށެވެ. ޝިޔާމް ވިދާޅުވީ މިކަމުން އެނގެނީ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ކަށަވަރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަކު ކުރެއްވި މަސައްކަތް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް