Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ޝިފާ ވިދާޅުވަނީ ރޮޒައިނާއަށް އެމްޑީޕީގެ އަންހެނުންގެ ރޫހު ފެނުނީ ކުއްލިއަކަށް ކަމަށް

ޝިފާ ވިދާޅުވަނީ ރޮޒައިނާއަށް އެމްޑީޕީގެ އަންހެނުންގެ ރޫހު ފެނުނީ ކުއްލިއަކަށް ކަމަށް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު، އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަަމަށް ވާދަކުރައްވާ ރޮޒައިނާ އާދަމްއަށް، ކުއްލިއަކަށް "އަންހެނުންގެ ރޫހު" ފެނިވަޑައިގެން އުޅުއްވާތީ ހައިރާންވެވަޑައިގަންނަވާ ކަމަށް މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރޮޒައިނާ ދެއްކެވި ވާހަކައަކާ ގުޅުވައި ކުރެއްވި ޓްވީޓެއްގައެވެ.

މަޖިލީހުގެ ޖަލްސާއެއްގައި، ގަލޮޅު އުުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ އެމްޑީޕީއަށް އެންމެ ވަފާތެރި ބޭފުޅުންގެ ގޮތުގައި، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ މެމްބަރުން ކަމުގައިވާ ހަސަން ލަތީފާއި، އިމްތިޔާޒު ފަހުމީ ފަދަ ބޭފުޅުންގެ ނަންތައް ފާހަގަ ކުރައްވައިފައެވެ.

Advertisement
Ooredoo — Truecaller (box)

މިކަމާ ގުޅިގެން ރޮޒައިނާ ވިދާޅުވީ އޭނާ ވެސް، އަދި އެހެން އެތައް ބަޔަކު ވެސް ފާއިތުވި އަށް އަހަރުގެ ތެރޭގައި އެމްޑީޕީއަށް ވަރަށް ބޮޑަށް ހިދުމަތް ކުރެއްވި ކަމަށެވެ.

އަދި ހަމައެކަނި ވަކި ބަޔަކީ، އިހްލާސްތެރިން ކަމުގައި ކަނޑައެޅުމަކީ، އެހެން މީހުންނަށް ވެވޭ ބޮޑު އިންސާފެއް ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގައި އީވާ ދެއްކެވި ވާހަކައަށް އެމްޑީޕީގެ މެމްބަރަކު ފާޑު ކިޔައި ކުރި ޓްވީޓެއް، ރީޓްވީޓް ކުރައްވައި ޝިފާ ވިދާޅުވީ އީވާ ހަތް އަހަރު މަގުމަތީގައި އުޅެ، އެކި މީހުންނަށް އެހީތެރިކަން ދީ އުޅުނުއިރު، އަންހެނުންގެ ރޫހު ކިޔާ އެއްޗެއް އޮތްތޯ ބަލައިނުލި މީހަކު، ކުއްލިއަކަށް އޭއާރު(އަންހެނުންގެ ރޫހު) ފެނިގެން އުޅޭތީ ހައިރާންވެވަޑައިގަންނަވާ ކަމަށެެވެ.

https://twitter.com/SifaMohammed/status/1499215689759948801

ޝިފާގެ ޓްވީޓުގައި އީވާގެ އިތުރުން، އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރައްވާ ސަފާތު އަހުމަދު ވެސް ޓެގް ކުރައްވައިފައެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ އޭޕްރީލްމަހުގެ 16 ވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް