Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކުރީގެ ޗީފް އޮފް ސްޓާފް އަލީ ރަޝީދު އަވަހާރަވެއްޖެ

ކުރީގެ ޗީފް އޮފް ސްޓާފް އަލީ ރަޝީދު އަވަހާރަވެއްޖެ

ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އަލީ ރަޝީދު މިއަދު އަވަހާރަވެއްޖެއެވެ.

އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި އަލީ ރަޝީދުގެ އަވަހާރަވީ މިއަދު މެންދުރުގެ ވަގުތެއްގައި، މެލޭޝިއާގެ ކުއާލަލަމްޕޫރްގައެވެ. އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު މާދަމާ މެލޭޝިއާގައި ހުކުރު ނަމާދަށް ފަހު އޮންނާނެއެވެ.

އަލީ ރަޝީދު އަވަހާރަވީ އުމުރުފުޅުން 59 އަހަރުގައެވެ. އަވަހާރަވީ އިރު އެމަނިކުފާނުގެ އަނބިކަނބަލަކާއި ދެ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.

Advertisement
Ooredoo — Square (box)

އަލީ ރަޝީދަކީ ކުރީގެ ރައީސް ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސެއިންގެ ކޮއްކޯފުޅު ވެސް މެއެވެ.

https://twitter.com/ifhamh/status/1499345260329467905?s=20&t=BFjDnM558nmUG6nKLai62A

ކުރީގެ ޗީފް އޮފް ސްޓާފްގެ މަގާމުގެ އިތުރުން އަލީ ރަޝީދު ކުރިން ވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ. އަދި މީގެ އިތުރުން އެލިއާ ގްރޫޕުގެ ޔަމަހާ ސޭލްސް މެނޭޖަރުކަން ވެސް އޭނާ ވަނީ ކުރައްވައިފައެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ!

އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް