Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ވިޔަފާރި

މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 1.62ރ ، ޑީސަލް ލީޓަރަކުން 1.76ރ ބޮޑުވާނެ!

މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 1.62ރ ، ޑީސަލް ލީޓަރަކުން 1.76ރ ބޮޑުވާނެ!

ޔޫކްރޭންގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން އަންނާތީ ، ރާއްޖޭގައި ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ، ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އިން ބޮޑުކޮށްފިއެވެ.

އެފްއެސްްއެމްގެ މައި ކުންފުނިި އެސްޓީއޯއިން ފިއުލް ސަޕްލައިއިން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 14.60ރުފިޔާއަށް ކަމަށެވެ. ޑީސަލް ލީޓަރެއްގެ އަގަކީ 14.80ރުފިޔާއެވެ.

މިއީ މި ދިޔަ ތިން ހަފްތާގައި ތެލުގެ އަގަށް ބަދަލު އައި ދެވަނަ ފަހަރެވެ. އެންމެ ފަހުން ، މިދިޔަ މަހުގެ 12 ވަނަ ދުވަހު ވެސް ތެލުގެ އަގު ވަނީ އުފުލިފައެވެ. އެ ފަހަރު ޕެޓްރޯލް ލީޓަރެއްގެ އަގު ބޮޑުކުރީ 12.98 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް 13.04 ރުފިޔާއަށް ބޮޑުކޮށްފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް