Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދިވެހި 32 ދަރިވަރަކު ޖޫނިއާ އެސްޓްރޮނޯޓް ޕްރޮގްރާމެއް ފުރިހަމަކޮށްފި

ދިވެހި 32 ދަރިވަރަކު ޖޫނިއާ އެސްޓްރޮނޯޓް ޕްރޮގްރާމެއް ފުރިހަމަކޮށްފި

ދިވެހި 32 ދަރިވަރަކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖޫނިއާ އެސްޓްރޮނޯޓް ޕްރޮގްރާމެއް ފުރިހަމަކޮށްފިއެވެ.

މާލެއާއި ހދ. ކުޅުދުއްފުށީގައި އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް)އިން ކުރިޔަށް ގެންދިޔަ "ކެނޭޑިއަން ސްޕޭސް އެޖަންސީ ޖޫނިއާ އެސްޓްރޮނޯޓް ޕްރޮގްރާމް" ފުރިހަމަ ކޮށްފައިވާ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލު ކުރުމުގެ ރަސްމިއްޔާތު ސްޓެލްކޯގެ އިވެންޓް ހޯލްގައި އިއްޔެ ބޭއްވިއެވެ.

މި ޕްްރޮގްރާމުގެ ދަށުން ދަރިވަރުންނަށް ކިޔަވައިދިނީ ސްޕޭސްގައި ފިޓްނަސް ބަހައްޓާނެ ގޮތާއި، ކެއިންބުއިން ބަހައްޓާނެ ގޮތާއި، ސްޕޭސް ސައިންސް އެންޑް ޓެކްނޮލޮޖީއާއި ޓީމެއް ގޮތުގައި އެސްޓްރޮނޯޓުން ގުޅިގެން މަސައްކަތް ކުރާނެ ގޮތެވެ.

Advertisement
Ooredoo — Square (box)

ރާއްޖެއިން ފުރަތަމަ ފަހަރަށް މިފަދަ ޕްރޮގްރާމެއްގައި ބައިވެރިވެ، މި ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރުންނަށް އަންނަ އަހަރު އެމެރިކާގެ ޖައްވީ އިދާރާ، ނާސާގައި އިތުރު ތަމްރީން ހޯދުމުގެ ފުރުސަތު އެ އިންސްޓިޓިއުޓްއިން ފަހި ކޮށްދޭނެ ކަމަށް އައިޖީއެސްއިން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް