ޚަބަރު

މިދިޔަ މަހު 181 ވަރި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިދިޔަ ފެބްރުއަރީ މަހު ޖުމްލަ 181 ވަރިކޮށްދީފައިވާ ކަމަށް ފެމިލީ ކޯޓުން ހާމަކޮށްފިއެވެ.

Ads by Hajj Corporation

މިއަދު އެ ކޯޓުން އާއްމު ކުރި މިދިޔަ ފެބްރުއަރީ މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު 253 ކައިވެނިކޮށްފައިވާ އިރު، 181 ވަރި ވަނީ ކޮށްފައެވެ.

މިއަހަރުގެ އެންމެ ރީތި ތާރީޚު ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ 2.2.22ގައި ވަރިއާ ގުޅޭ 17 މައްސަލައެއް ހުށަހެޅި ކަމަށް މީގެ ކުރިން ފެމިލީ ކޯޓުން ވަނީ ހާމަކޮށްފައެވެ.

ފެމިލީ ކޯޓީގެ މިދިޔަ މަހުގެ އިތުރު ތަފާސް ހިސާބުތަކަށް ބަލާއިރު، އެ ކޯޓުން ކުޑަ ކުދިންނާ ގުޅޭ 35 މައްސަލައެއް ވަނީ ނިންމައިފައެވެ. އަދި ޚަަރަދުގެ 12 މައްސަލައަކާއި ގެވެށި އަނިޔާގެ 4 މައްސަލައެއް އެ ކޯޓުން ވަނީ ބަލައިފައެވެ.

ފެމިލީ ކޯޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން 2،399 ކައިވެންޏެއް މިދިޔަ އަހަރު އެ ކޯޓުން ކޮށްދީފައިވެއެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު 1،192 ވަރި ރަޖިސްޓްރީކޮށްފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!