ސްޓެލްކޯގެ އައު އެމްޑީގެ ވައުދާ އެއްގޮތަށް، އަންހެން މުވައްޒަފުންނަށް ނަމާދު ކުރާނެ ތަނެއް ހަދަނީ

ސްޓެލްކޯގެ އައު މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފު ވެވަޑައިގަތް ވައުދާ އެއްގޮތަށް އެ ކުންފުނީގެ އަންހެން މުވައްޒަފުން ނަމާދު ކުރާނެ ތަނެއް ހެދުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން މި މަހުގެ 2ވަނަ ދުވަހު ހުރިހައި މުވައްފަޒުންނާ ބައްދަލު ކުރައްވައި، ޝަރީފު ވަނީ ހުރިހާ މުވައްޒަފުން ވެސް ދީނީ ކަންކަމަށް ފަރުވާތެރިކަން ބެހެއްޓުމަށް ނަސޭހަތްތެރިވެފައި ކަމަށެވެ.
ހަމައެއާ އެކު ސްޓެލްކޯގެ ފިރިހެން މުވައްޒަފުންނަށް އެ ކުންފުނީގައި ނަމާދު ކުރާނެ އިންތިޒާމް ހަމަޖެހިފައިވީ ނަމަވެސް، އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން އެ އިންތިޒާމްތައް ހަމަޖެހިފައި ނެތްކަން ވެސް ޝަރީފު އެ ބައްދަލުވުމުގައި ފާހަގަ ކުރައްވައިފައިވެއެވެ. އަދި އެކަމަށް ހައްލު ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"އެގޮތަށް ވިިދާޅުވިތާ ތިން ވަރަކަށް ދުވަހުގެ ތެރޭގައި މި މަސައްކަތް ފެށިގެންދިއުމަކީ ކުންފުނީގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ނުހަނު ބޮޑު އުފަލެއް ލިބިގެން ދިޔަ ކަމެއް." ސްޓެލްކޯއިން ބުނެފައިވެއެވެ.
https://twitter.com/STELCOMALDIVES/status/1500456262123028485?s=20&t=NlOH0Ig2CsV-0lwJF56yyQ
ޝަރީފު މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމުގައި އިތުރަށް ނަސޭހަތްތެރިވެފައި ވަނީ މުވައްޒިފުން ގަޑިއަށާއި، މަސައްކަތަށް ފަރުވާތެރި ވުމަށާއި، ސްޓެލްކޯއަކީ ވީހައި ވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރާނެ މުވައްޒަފުންތަކެއް ތިބި ކުންފުންޏަކަށް ހެދުމަށް މަސައްކަތްކޮށްދިނުމަށެވެ.




.jpeg?prefix=media)

ކޮމެންޓް