Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތާރީޚާ މެދު ގޮތް ނިންމަން ޤައުމީ މަޖިލީހަށް

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތާރީޚާ މެދު ގޮތް ނިންމަން ޤައުމީ މަޖިލީހަށް

ވެރިކަން ކުރާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތާރީޚާ މެދު ގޮތް ނިންމަން ޤައުމީ މަޖިލީހަށް ހުށަހަޅަން އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީން ހުށަހަޅައިފިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން މިހާރު ހަމަޖައްސައިފައި ވަނީ އަންނަ އޭޕްރިލް މަހުގެ 16ވަނަ ދުވަހުގައެވެ.

މި އިންތިހާބު ރަމަޟާން މަހާ ދިމާވާތީ، އެ ޕާޓީގެ ޗެއާމަންކަމަށް ވާދަ ކުރައްވާ ފައްޔާޒް އިސްމާއިލްގެ ޓީމުން އެދެނީ އެހެން ތާރީޚެއްގައި އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ހަމަ އެމަގާމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީގެ ޓީމުން ދަނީ، އިންތިހާބު ފަސްކުރުމަށް ދެކޮޅު ހަދަމުންނެވެ.

Advertisement
Allied — Dhen Online (box)

އެމްޑީޕީގެ އަސާސީ ޤަވާއިދުގައި ބުނާ ގޮތުގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތާރީޚާށް ބަދަލެއް ގެންނަ ނަމަ ގައުމީ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރަން ޖެހޭނެއެވެ. އެހެންކަމުން އިންތިހާބާ ބެހޭ ކޮމިޓީން ވަނީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި އެ އިންތިހާބުގެ ތާރީޚާ މެދު ގޮތެއް ނިންމުމަށް އެދިފައެވެ.

ނަމަވެސް ގައުމީ މަޖިލިސް ބާއްވާނެ ދުވަހެއް އަދި ނިންމައިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް