Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބޭސް ފަރުވާއަށް ފަހު ރައީސް މާލެ ވަޑައިގެންފި

ބޭސް ފަރުވާއަށް ފަހު ރައީސް މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިރޭ ރާއްޖެއަށް ވަޑައިގަންނަވައިފިއެވެ.

ރައީސް ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވީ، އެ މަނިކުފާނުގެ ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވުމަށެވެ.

ތިން ގަޑިއިރުގެ ތައިރޮއިޑް އޮޕަރޭޝަނެއް ރައީސް ޞާލިޙްގެ ކުރެއްވީ މިދިޔަ ފެބްރުއަރީ މަހުގެ 25ވަނަ ދުވަހުގައެވެ.

Advertisement
Ooredoo — Square (box)

އެ އޮޕަރޭޝަން ކުރިއަށް ދިޔަ ވަގުތު ރައީސްކަމުގެ މަސްއޫލިއްޔަތު ރައީސް ޞާލިޙް ވަނީ ނައިބު ރައީސް ފައިސަލް ނަސީމްއާ ހަވާލު ކުރައްވައިފައެވެ. އަދި އޮޕަރޭޝަނަށް ފަހު އެމަނިކުފާނު ވަނީ އެ މަސްއޫލިއްޔަތާ އަނބުރާ ހަވާލުވެވަޑައިގެންފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް