ޚަބަރު ސިޔާސީ

ރޯދަ މަސް ނިމޭއިރު، ކެނދިކުޅުދޫ ދާއިރާގައި ފެނާ ނަރުދަމާގެ ހިދުމަތް ނެތް ރަށެއް ނޯންނާނެ: އީސަ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސަ

ކުރިއަށް އޮތް ރަމަޟާން މަސް ނިމޭއިރު، ކެނދިކުޅުދޫ ދާއިރާގައި، ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމު ނުކުރެވޭ އެއްވެސް ރަށެއް ނޯންނާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ މެމްބަރު އަޙްމަދު އީސާ(އީސަ) ވިދާޅުވެއްޖެއެެވެ.

Ads by STELCO

މެމްބަރު އީސަ މިހެން ވިދާޅުވެފައި ވަނީ ވީޓީވީއިން ރޭ ގެނެސްދިން "ފަސް މަންޒަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުގެ ތިން އަހަރު ދުވަހުގެ ތެރޭގައި ކެނދިކުޅުދޫ ދާއިރާއަށް ބޭނުންވާ ގިނަ ކަންކަން ފުރިހަމަ ކޮށްދީފައިވާ ކަމަށެވެ. އެ ގޮތުން އެދާއިރާގައި ލަފާ ފުރޭނެ ގޮތެއް ނެތް އެއްވެސް ރަށެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޒުވާނުންގެ ދުޅަހެޔޮކަމަށް ކުޅިވަރުގެ ވަސީލަތްތައް ގާއިމު ކުރެވިފައި ނެތް ރަށެއް ނެތް. އަދި ވޯލްޑް ކަޕް، އިންޓަރނޭޝަނަލް ސައިޒުގެ ދެ ދަނޑު، ކެނދިކުޅުދޫ ދާއިރާގެ ދެ ރަށުގައި ކުރިއަށްދާއިރު އެއް ރަށުގައި ނިމިފައި، ބޭނުންކުރަމުން ދަނީ، އަނެއް ރަށުގައި މިހާރު ޓާފް އެޅުމުގެ މަރުހަލާ ހިނގަމުންދަނީ." އޭނާ ވިދާޅުވިއެވެ.

އީސަގެ ވާހަކައިގައި އެންމެ ބޮޑަށް އަތޮޅުތެރޭގެ ތަރައްގީއަށް ހަރަދުކުރީ ވެސް މި ސަރުކާރުން ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަތޮޅުތެރޭގެ ތަރައްގީއަށް ޒަމާނުންސުރެ ބޭނުންވެފައިވާ އަސާސީ ކަންކަމަށް އެންމެ ބޮޑަށް ހަރަދު ކުރީ މި ސަރުކާރުން ކަމަށާއި، އޭނާ ނިސްބަތްވެވަޑައިގަންނަވާ ދާއިރާގެ ރައްޔިތުން ވެސް މިކަން ގަބޫލު ކުރާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!