ކޮވިޑް-19 އަދާހަމަ: އަތޮޅުތެރެއިން ފައްސިވީ އަދަދުތައް އަދިވެސް މަތި

ރާއްޖެއިން މިއަދު އިތުރު 488 މީހުން ކޮވިޑް-19އަށް ފައްސި ވެެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 41 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 417 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 21 މީހަކު މި ބައްޔަަށް ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 173،064 މީހުންނެވެ.
މިހައިތަނަށް މި ބަލިން ފަސޭހަވެފައި ވަނީ ޖުމްލަ 158،234 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 8 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހައިތަނަށް 297 މީހުން ނިޔާވެފައި ވެއެވެ.