މި ގައުމުގައި އުފެދުނު ހަމައެކަނި ފަންނުވެރިޔަކީ ގާސިމް: ޖާބިރު
މި ގައުމުގައި އުފެދުނު ހަމައެކަނި ފަންނުވެރިޔަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ހުށަހަޅުއްވައިފައިވާ، ފަންނީ އުފެއްދުން ގިންތި ކުރުމާ ދަރަޖަ ކުރުމުގެ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ގާސިމްގެ ފަންނުވެރިކަމުން، ކޮންމެ ސަރުކާރަކުން ވެސް އޭނާއަށް އެތައް ބައިވަރެއް ލިބޭ ކަމަށެވެ.
"އެއީ ފަންނުވެރިއެއް، އޭނާގެ އަންހެނުން ހުރީ ޓްރާންސްޕޯޓް މިނިސްޓަރަކަށް. އިއްޒަތްތެރި ރައީސަށް ވެސް އެނގިވަޑައިގަންނަވާނެ. ދެން ކޮން ފަންނުވެރިކަމެކޭ މި ކިޔަނީ؟" ޖާބިރު ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ފަންނުވެރިކަމާ ބެހޭ ބިލެއް ހުށަހަޅައިގެން އުޅޭ އިރު، ގައުމުގެ ބޮޑެތި ފަންނުވެރިންގެ ވާހަކަ ދައްކަން ޖެހޭނެ ކަމަށެވެ.
ޖާބިރުގެ ވާހަކައިގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމަށް ވެސް ބޮޑު ތުހުމަތެއް ކުރެއްވިއެވެ. އެގޮތުން އެ ކުންފުންޏަށް ލިބޭ ޑޮލަރުން އާޒިމް "ވައްކަން" ކުރާ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، އެމްޓީސީސީއަށް ވަންނަ ޑޮލަރުން އާޒިމް ވައްކަން ކުރާ މައްސަލަ މަޖިލީހުން ބަަލަން ޖެހެއެވެ.
މިގައުމުގަ އުފެދުނު އެންމެ ތަންދޮރު ނުދަންނަ ދެ ބުރާންތި