Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޖަލުގައި ހަރުކަށި ފިކުރު ފަތުރަން ބައެއް މީހުން މަސައްކަތްކުރޭ: ކޮމިޝަނަރ

ޖަލުގައި ހަރުކަށި ފިކުރު ފަތުރަން ބައެއް މީހުން މަސައްކަތްކުރޭ: ކޮމިޝަނަރ

ހަރުކަށި ފިކުރުގެ ފަރާތްތަކުން ޖަލުތަކުން މީހުން ރެކްރޫޓްކުރުމުގެ ޢަމަލުތައް ހިންގަމުންދާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

އަޙްމަދު މުޙައްމަދުފުޅު މި ފަދައިން ވިދާޅުވީ ޤައިދީން ރިހެބިލިޓޭޓްކުރުމުގެ ގޮތުން މާފުށީ ޖަލުގައި ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް (އެސްއެމްޔޫ) ޤާއިމުކޮށް، އެކަމުގެ ތަމްރީންތައް ފުރިހަމަކުރި އޮފިސަރުންނަށް ސެޓްފިކެޓްދިނުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ، ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރަމުންދާ ކަމަކީ މުޅި ދުނިޔަށް ކުރިމަތިވެފައިވާ ކަމެއް ކަމަށެވެ. ހަރުކަށި ފިކުރުގެ ފަރާތްތަކުން ޖަލުތަކުން މީހުން ރެކްރޫޓްކުރަމުންދާ ކަމަށާއި، ޖަލު ބަލަހައްޓާ ފަރާތުގެ ހައިޞިއްޔަތުން އެކަން ހުއްޓުވުމަށް އެމްސީއެސްއިން ހުޝިޔާރު ވާންޖެހޭނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

އަދި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ޓަކައި ފަރުދީ ޒިންމާ އަދާކޮށް، މަސައްކަތު މާޙައުލުގައި މި ޓްރޭނިންއިން ލިބުނު ޢިލްމުގެ ޢަލީގައި، މަސައްކަތްކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި އެމެރިކާގެ ޖަސްޓިސް ޑިޕަރޓްމަންޓުން މުސްތަޤްބަލުގައި ވެސް މިފަދަ މުހިއްމު ޓްރޭނިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު ބޭނުމަކީ ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމާ ބެހޭ ގޮތުން ޕްރިޒަން އޮފިސަރުން ހޭލުންތެރިކުރުވުމެވެ. މި ޓްރޭނިންގ ޕްރޮގްރާމްގައި މާފުށީ ޖަލުގެ 28 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް