Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

މިދިޔަ 3 އަހަރު އެއްވެސް ދިވެއްސަކު ހަނގުރާމަވެރި ސަރަހައްދަކަށް ނުދޭ: މާރިޔާ

މިދިޔަ 3 އަހަރު އެއްވެސް ދިވެއްސަކު ހަނގުރާމަވެރި ސަރަހައްދަކަށް ނުދޭ: މާރިޔާ

ފާއިތުވީ ތިން އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ދިވެއްސަކު ހަނގުރާމަވެރި ސަރަހައްދަކަށް ގޮސްފައި ނުވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ 5 ވަނަ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މާރިޔާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، މިސަރަޙައްދުގެ އަމާންކަމާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިތުރަށް ވަރުގަދަކުރުމަށް އިސްކަންދެއްވާކަން ފާހަގަކުރައްވައިފައެވެ. އަދި ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ، މިސަރަޙައްދަށް ކުރިމަތިވެފައިވާ ސަލާމަތީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލުމަށް، ވަރަށް އެކަށޭނަ ނިޒާމެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި، އެއްވެސް ދިވެއްސަކު، ސަރުކާރުން ހަނގުރާމަވެރި ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަޙައްދަކަށް ގޮސްފައިވާކަމުގެ އެއްވެސް ރިކޯޑެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ޢަމާޒުކޮށް ދިން މެއި 6ގެ ޓެރަރިސްޓް ޙަމަލާއަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކަލާ މެދު މުޅި ޤައުމު ހޭލައްވައިލި ހާދިސާއެއްކަން މިނިސްޓަރ މާރިޔާ ވަނީ ފާހަގަ ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް