ކޮވިޑް-19 އަދާހަމަ: އިތުރު 329 މީހުން ފައްސިވެއްޖެ

ރާއްޖެއިން މިއަދު އިތުރު 329 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 26 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 281 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 21 މީހަކު މި ބައްޔަަށް ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 173،666 މީހުންނެވެ.
މިހައިތަނަށް މި ބަލިން ފަސޭހަވެފައިވަނީ ޖުމްލަ 159،080 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 6 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހައިތަނަށް 297 މީހުން ނިޔާވެފައި ވެއެވެ.