Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީސް ނަޝީދުގެ ފޯނަށް މިހާރު އެންމެ ގިނައިން ލިބެނީ"މަޖުބޫރު"ގެ މެސެޖު!

ރައީސް ނަޝީދުގެ ފޯނަށް މިހާރު އެންމެ ގިނައިން ލިބެނީ"މަޖުބޫރު"ގެ މެސެޖު!

އެމްޑީޕީގެ ޗެއާޕަރސަންކަމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ ކެމްޕެއިނުގައި އުޅެނީ މަޖުބޫރު ވެގެން ކަމަށް ވިދާޅުވެ، އެ ޕާޓީގެ ބައެއް މެންބަރުން މެސެޖުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕެއްގައި މިވާހަކަ ވިދާޅުވަމުން އެމްޑީޕީގެ ލީޑަރ ރައީސް ނަޝީދު ވިދާޅުވީ، މިއީ އެ މަނިކުފާނުގެ ފޯނަށް އެންމެ ގިނައިން އަންނަ މެސެޖު ކަމަށެވެ.

"އަޅުގަނޑު ހުރީ އަދި މި ގޭ މީހުން ތިބީ ރައީސް ނަޝީދާ ދެކޮޅަކަށް ނޫން, ކެމްޕޭން ކުރީ މަޖުބޫރުވީމަ. މި ވަގުތު އެންމެ ގިނައިން ލިބޭ ޓެކްސްޓް" ރައީސް ނަޝީދުގެ މެސެޖުގައި އޮތް އެއްޗެއް އޮތްގޮތަށް ވަޓްސް އެޕް ގުރޫޕަށް ފޮނުވި މެސެޖުގައިވެއެވެ.

Advertisement
HDC — Sidebar (box)

އެމްޑީޕީން އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގައި ހަމަނުޖެހުންތައް ބޮޑުވި ވާހަކައަށް އިޝާރާތް ކުރައްވައި ނަޝީދުގެ މެސެޖުގައި ވަނީ ފައްޔާޒް އިސްމާއިލާއި، ރޮޒެއިނާ އާދަމަށް ވެސް ބަހުގެ ހަމަލާތައް ރައްދުކުރައްވައިފައެވެ.

ރޮޒައިނާއާއި ފައްޔާޒްއަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ''އެހައި ބޮޑަށް އަތް އުކައި, ކަނޑިކި ނަގާ, ކަރުބުޑުން ނެރޭ އަޑުފަށްގަނޑު ނެރެ ހަޅޭލެވުމަކީ ޕާޓީއަށް ލިބޭ ވަރަށް ބޮޑު ހުތުރެއް'' ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް