Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ޓެކްސީ ޑްރައިވަރުން ޢަމަލުކުރަނީ ރަނގަޅަކަށް ނޫން: މޫސަ

ޓެކްސީ ޑްރައިވަރުން ޢަމަލުކުރަނީ ރަނގަޅަކަށް ނޫން: މޫސަ

ޓެކްސީ ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރާގޮތް ރަނގަޅު ނޫންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ) ފާޑުވިދާޅުވެއްޖެއެވެ.

މޫސަ މިފަދައިން ފާޑުވިދާޅުވެފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލާއި، ތަކެތީގެ އަގަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ދަތުރުތަކުގެ އަގުތައް ބޮޑުކުރުމަށް ނިންމުމާ ގުޅިގެންނެވެ.

މި ނިންމުމާ ގުޅިގެން ޓްރާސްޕޯޓް މިނިސްޓްރީން ވިދާޅުވީ، މިނިސްޓްރީން ފާސްކޮށް، އިއުލާންކޮށްފައިވާ އަގަށް ވުރެ ބޮޑު އަގު ނަގާ ޓެކްސީތަކާ މެދު ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މިއާ އެކު މައްސަލަ ހޫނުވެ، މާލެ ސަރަހައްދުގައި ޓެކްސީ ދަތުރު ކުރަމުން އަންނަ ޑްރައިވަރުން ކަންބޮޑުވުންތަކަށް ސަރުކާރުން ސަމާލުކަން ނުދޭތީ ކަމަށް ބުނެ ޓެކްސީ ޑްރައިވަރުން ވަނީ ހަޅުތާލަށް ވެސް ނިކުމެފައެވެ.

މިކަމާ ގުޅިގެން މޫސަ ވިދާޅުވީ ޚިދުމަތް ދިނުމުގައި ޓެކްސީ ޑްރައިވަރުން އަމަލުކުރާގޮތް ރަނގަޅު ނޫން ކަމަށާއި ތެލުގެ އަގު ބޮޑުވިޔަސް ކުޑަވިޔަސް ޓެކްސީގައި ދަތުރުުކުރަނީ ހަމަ އާންމު ރައްޔިތުން ކަމަށެވެ. “ޓެކްސީއަށް އަރާ މީހާ ގާތު ދަތުރު ކުރެވޭނެ އަގު ބުނީމައި އޭނަ ޤަބޫލުވީމައި ޚިދުމަތް ދެއްވުން ރަނގަޅީ” މޫސަ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް