Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް 15 ސްކޮލާޝިޕް ފުރުސަތު ހުޅުވައިލައިފި

ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް 15 ސްކޮލާޝިޕް ފުރުސަތު ހުޅުވައިލައިފި
އެމްބީބީއެސް ފުރިހަމަކޮށް، ސްޕެޝަލައިޒް ޑޮކްޓަރުންނަށް ވުމަށް 15 ސްކޮލާޝިޕްގެ ފުރުސަތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވައިލައިފިއެވެ. މިކަން އިއުލާނު ކުރައްވައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ފައިދާ ލިބޭނީ އަތޮޅު ތެރޭގައި ތައުލީމީ، ފަންނީ އަދި ޤާބިލު މީހުން ޚިދުމަތް ކޮށްގެން ކަމަށެވެ. އެ ގޮތުން ރީޖަނަލް ހޮސްޕިޓަލުތަކަށް ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނު ކުރުމަށް ޚާއްސަ ސްކޮލާޝިޕްތަކެއް ތައާރަފްކުރީ މި މަގުސަދު ހާސިލު ކުރުމަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ. https://twitter.com/DrChubby/status/1502253800534736898?s=20&t=s-iENwql9JQA8JB5gNxFzw ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި 13 ދާއިރާއަކުން ޑޮކްޓަރުން ސްޕެޝަލައިޒްވުމުގެ ފުރުސަތު ވަނީ ހުޅުވައިލއިފައެވެ. އަދި އެ ސްކޮލާޝިޕްގެ ދަށުން ކިޔެވޭނެ 21 ގައުމެއް ވަނީ ކަނޑައަޅައިފައެވެ. މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ 7 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:30އާ ހަމައަށް ހުޅުވައިލައިފައެވެ. ސްކޮލާޝިޕްތަކަށް އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

މިސްކޮލާޝިޕްގައި ކިޔަވާ ޑޮކްޓަރުން ވަޒީފާ އަދާކުރަން ޖެހޭ ތަންތަނަކީ:

  • އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް ( ތިން ސްލޮޓް)
  • ހުޅުމާލެ ހޮސްޕިޓަލް ( ދެ ސްލޮޓް)
  • ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ( ތިން ސްލޮޓް)
  • ލ. ގަން ރީޖަނަލް ހޮސްޕިޓަލް ( ދެ ސްލޮޓް)
  • ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ( ތިން ސްލޮޓް)
  • ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް (އެއް ސްލޮޓް)
  • މ. މުލި ރީޖަނަލް ހޮސްޕިޓަލް (އެއް ސްލޮޓް)

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް