Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ނީލަން ފިހާރަ ސަރަހައްދުން 67 ޓަނުގެ ކުނި އުކާލައިފި

ނީލަން ފިހާރަ ސަރަހައްދުން 67 ޓަނުގެ ކުނި އުކާލައިފި

މާލޭގެ ނީލަން ފިހާރަ ސަރަހައްދުން 67 ޓަނުގެ ކުނި މާލޭ ސިޓީ ކައުންސިލުން އުކާލައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ އެ މަސައްކަތް މިރޭ ނިންމައިލީ ފުލުހުންނާ ވެސް ގުޅިގެން ކަމަށެވެ.

ފަޅުމަތީމަގުގައި ނީލަން މުދާ ވިއްކަމުންދާ ސަރަހައްދު ސާފުކޮށްފައި މިވަނީ އެ ސަރަހައްދުގައި މުދާ ވިއްކާ މީހުންނަށް، އެ ސަރަހައްދު ސާފުކުރަން އިއްޔެގެ ނިޔަލަށް ސިޓީ ކައުންސިލުން މުއްދަތު ދިނުމަށް ފަހުއެވެ.

Advertisement
Allied — Dhen Online (box)

މީގެ ކުރިން ވެސް ސިޓީ ކައުންސިލުން ވަނީ އެ ސަރަހައްދުގެ މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރި ނުކުރަން ތަކުރާރުކޮށް އަންގައިފައެވެ.

ފަޅުމަތީމަގުގެ ސަރަހައްދުގައި އެކި ފަރާތްތަކުން މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމާއި، މަގު މައްޗަށް ގިނަ އަދަދަކަށް ކުނި އަޅަމުން ގެންދާތީ އާންމު ރަތްޔިތުންގެ ފަރާތުންނާއި، ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން ކައުންސިލަށް ތަކުރާރުކޮށް ޝަކުވާ ލިބޭ ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް