Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދުވަސް ނުފުރާ ވިހޭ އެއްމާބަނޑު 2 ކުދިން ނިޔާވެއްޖެ

ދުވަސް ނުފުރާ ވިހޭ އެއްމާބަނޑު 2 ކުދިން ނިޔާވެއްޖެ

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ދުވަސް ނުފުރާ ވިހޭ އެއްމާބަނޑު ދެކުދިން ނިޔާވެއްޖެއެވެ.

ތިނަދޫން “ދެން”އަށް މަޢުލޫމާތު ދިން މީހަކު ބުނީ ފުރަތަމަ ކުއްޖާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 10:30 ކަންހާއިރު ކަމަށާއި އެ ދެ ކުދިން ވިހެއީ ބަނޑަށް 7 މަހުގައި ކަމަށެވެ.

ވިހެއި ފަހުން ދެވަނަ ކުއްޖާގެ ހާލު ގޯސްވަމުން ދިޔަ ކަމަށާއި އިތުރު ފަރުވާއަށް މިއަދު ހަވީރު އެ ކުއްޖާ މާލެ ފޮނުވަން ނިންމި ކަމަށް ވެސް އޭނާ ބުންޏެވެ.

Advertisement
Allied Insurance — Square (box)

ދެވަނަ ކުއްޖާ ނިޔާވެފައި ވަނީ ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ހަވީރު 17:00ހާއިރުއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ އަންހެން މީހާގެ ހާލު ރަނގަޅު ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް