Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ވެކްސިން ނުޖެހިޔަސް އެއްރަށުން އަނެއް ރަށަށް ދާނަމަ ކަރަންޓީން ވާކަށް ނުޖެހޭނެ

ވެކްސިން ނުޖަހާ ފަރާތްތައް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި ކަރަންޓީން ވާން ޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކޮށްފިއެވެ. މިރޭ އެޗްޕީއޭއިން ވިދާޅުވީ، ރާާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑު-19ގެ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިނުވާ ފަރާތްތައް ދަތުރުކުރުމާ ގުޅިގެން ކަރަންޓީންވާން އޮތް އޮތުން ނިމުމަކަށް ގެންނަން ނިންމައިފައިވާ ކަމަށެވެ. ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރިތާ ދެ އަހަރު ފަހުން ކޮވިޑްގެ ހާލަތު ރަނގަޅުވަމުންދާތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިރޭ ވަނީ އުވާލައިފައެވެ. އެއާ އެކު، އެޗްޕީއޭއިން ވަނީ ވެކްސިން ނުޖަހާ މީހުން ހިމެނޭ ގޮތަށް ލުއިތަކެއް ދީފައެވެ. އެޗްޕީއޭއިން ދީފައިވާ ލުއިތަކަކީ؛
  1. ރާއްޖޭން ބޭރުން އަންނަ ހުރިހާ ފަރާތްތަކާއި ރާއްޖޭގެ އެތެރޭގައި ވެސް އެއްވެސް ފަރާތަކަށް ދަތުރުކުރުމުގެ ބޭނުމުގައި ޕީ.ސީ.އާރ ޓެސްޓު ހަދަން ނުޖެހުން.
  2. ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް-19ގެ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިނުވާ ފަރާތްތައް ދަތުރުކުރުމާ ގުޅިގެން ކަރަންޓީންވާން ނުޖެހުން.
  3. ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މާސްކް އެޅުން މަޖުބޫރުވުން އުވާލައި ކޮވިޑް-19އިން ރައްކާތެރިވުމަށް މާސްކް އެޅުމަކީ އެދެވިގެން ވާކަމެއްގެ ގޮތުގައި ހަމަޖެއްސުން

ސިއްހީ ކުއްލި ނުރައްކަލުގެ އެންމެ ފުރަތަމަ އިއުލާން ކުރީ މީގެ ދެ ދެ އަހަރާ 2 ދުވަސް ކުރީންނެވެ. ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާ އެންމެ ފުރަތަމަ ގަރާރު ނެރުއްވީ އެއިރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. އެންމެފަހުން މިދިޔަ ފެބްރުއަރީގައި އެ ހާލަތު އިތުރު ކުރެއްވީ މިހާރު ހެލްތު މިނިސްޓަރު މުހައްމަދު ނަސީމެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް