Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެޗްޕީއޭގެ ބަންދުގައި މިހާރު 14 ރަށެއް

އެޗްޕީއޭގެ ބަންދުގައި މިހާރު 14 ރަށެއް

ކޮވިޑް-19 ވޭދަނަތައް މުޖުތަމައު ތެރެއަށް ފެތުރި މޮނިޓަރިންއަށް ލައިފައިވާ ރަށްރަށުގެ އަދަދު 14އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންމެ ފަހުގެ ކޮވިޑް މައުލޫމާތުތައް ދައްކާގޮތުން މިހާރު މޮނިޓަރިންއަށް ލައިފައިވާ ރަށްރަށުގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގައި އޮތީ މިދިޔަ ޑިސެމްބަރު މަހު މޮނިޓަރިންއަށް ލީ ހއ. އިހަވަންދޫއެވެ.

މޮނިޓަރިންގައި މިވަގުތު އޮތް އިތުރު ރަށްރަށަކީ ހދ. ނޮޅިވަރަންފަރު، ށ. ފުނަދޫ، ހދ. ހަނިމާދޫ،  ހއ. ދިއްދޫ، ލ. ދަނބިދޫ، ށ. ކަނޑިތީމް، ތ. ވިލުފުށި, ހދ. ނޮޅިވަރަން, ހއ. ހޯރަފުށި, ށ. ނޫމަރާ, ހއ އުތީމް, ހދ. ފިނޭ އަދި މާބައިދޫއެވެ.

Advertisement
Ooredoo — Truecaller (box)

ރާއްޖޭގައި ކޮވިޑްގެ ހާލަތު މިދިޔަ ހަފްތާއާ އަޅާ ބަލާއިރު މިހާރު އަންނަނީ ފައްސިވާ އަަދަދު މަދު ވަމުންނެވެ. ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި މުޅިޔަކު ފައްސިވެފައި ވަނީ 291 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިން ފައްސިވި 44 މީހުންނާއި އަތޮޅުތެރެއިން ފައްސިވި 229 މީހުންނެވެ.

މި ބައްޔަށް ރާއްޖެއިން މުޅިއަކު ފައްސިވެފައި ވަނީ 174,658 މީހުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް