އާޖެންޓީނާގެ އާއިލާއެއްގެ 22 އަހަރުވީ ދަތުރެއް ނިންމައިލައި އެނބުރި ގެއަށް!

2000ވަނަ އަހަރު އާޖެންޓީނާގެ ދެމަފިރިއަކު ކާރެއްގައި ފެށި ދަތުރެއް ނިންމައިލައިފިއެވެ.
ޚަބަރުތައް ބުނާ ގޮތުގައި 22އަހަރު ހޭދަވީ މި ދަތުރު ފެށިއިރު ފިރިމީހާ ހާމަންގެ އުމުރަކީ 31 އަހަރެވެ. އަދި އަނބިމީހާ ކަންޑަލާރިއާގެ އުމުރަކީ 29 އަހަރެވެ. ދަތުރު ނިންމައިލިއިރު ފިރިމީހާއަށް 53 އަހަރު އަދި އަނބިމީހާއަށް 51 އަހަރު ވެފައިވާއިރު ދެމަފިރީންނަށް 4 ކުދީން ލިބިފައި ވެއެވެ. މި 4 ކުދީން އުފަންވެފައި ވަނީ ވެސް ހަތަރު ގައުމުގައެވެ. އެ ގޮތުން 19 އަހަރުގެ ޕަމްޕާ އުފަންވީ އެމެރިކާގައެވެ. އަދި 16 އަހަރުގެ ޓެއުހާ އާޖެންޓީނާގައި އުފަންވިއިރު 14 އަހަރުގެ ޕަލޯމާ އުފަންވީ ކެނެޑާގައެވެ. އެންމެ ހަގު ، 12 އަހަރުވީ ވަލަބީ އުފަންވީ އޮސްޓްރޭލިއާއަށެވެ.
ހާމަން އާއިލާގެ މި އާދަޔާ ޚިލާފު ދަތުރުގައި 103 ގައުމަކަށް ޒިޔާރަތްކޮށްފައި ވެއެވެ. މި ދަތުރުގައި 362،000 ކިލޯ މީޓަރު ކަޑައްތުކޮށްފައި ވެއެވެ. ކާރު ފުރޮޅުގެ ޓައިރު ސެޓް 8 ފަހަރު ބަދަލުކޮށްފައި ވެއެވެ. އިންޖީނުގެ ބޮޑު މަރާމާތެއް ދެ ފަހަރުކޮށްފައި ވެއެވެ. އާއިލާއަށް ހަތަރު ދަރީން އިތުރުވުމާ އެކު ކާރަށް ބައެއް ބަދަލު ގެނެސް ޖާގަ ބޮޑުކޮށްފައި ވެއެވެ.
[caption id="attachment_145238" align="alignnone" width="467"]<img class="wp-image-145238" src="https://cdn.dhen.mv/wp-content/uploads/2022/03/family-car-300x200.jpg" alt="" width="467" height="311" /> ހާމަން އާއިލާ ދަތުރުކުރި މުސްކުޅި ކާރު[/caption]
ހާމަން އާއިލާގެ މި ދަތުރު ނިންމައިލައިފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ދަތުުރު ނިންމައިލީ ، 25 ޖެނުއަރީ 2000ގައި ދަތުރު ފެށި ބުއެނަސް އެއަސްއަށެވެ.
ދަތުރާ ގުޅޭ ގޮތުން މީޑިއާއާ ވާހަކަދައްކަމުން ހާމަން ބުނެފައި ވަނީ ދަތުރު ނިންމައިލުމުން ކުރެވެނީ މަސްހުނި އިހްސާސެއް ކަމަށާއި ނިންމައިލެވުނީ ކާމިޔާބުކުރަން އަބަދުވެސް ބޭނުންވާ ހުވަފެނެއް ކަމަށެވެ. ދަތުރުގެ ތަޖުރިބާއާ ގުޅޭ ގޮތުން ކަންޑަލާރިއާ ބުނީ އޭނާއަށް ދަސްވީ އިންސާނުންގެ ހެޔޮކަމާއި ރަނގަޅުކަން ކަމަށެވެ.
[caption id="attachment_145235" align="alignnone" width="443"]<img class="wp-image-145235" src="https://cdn.dhen.mv/wp-content/uploads/2022/03/hherman-300x200.jpg" alt="" width="443" height="295" /> ހާމަން އާއިލަގެ 22 އަހަރުވީ ދަތުރުގައި ދަރީން ލިބި ދަރީން ވަނީ ބޮޑެތިވެފައި[/caption]
ހާމަންގެ އާއިލާއިން ވަނީ 22 އަހަރުވީ މި ދަތުރުގައި އެތައް ސަތޭކަ ހަނދާނެއް ރައްކާކޮށްފައެވެ. އެ ގޮތުން އޭޝިއާގެ އަސްދޫނީގެ ބިހުގެ ކެއުމާއި ނެމީބިއާގެ ޑާންސާއި ، ނޭޕާލްގެ މައުންޓް އެވަރެސްޓްގެ ދަތުރާއި ހުރަސްކުރި ކަނޑުތަކާއި މިސްރުގެ ކިންގު ތުތަންޚާމާންގެ ޒިޔާރަތަށް ކުރި ދަތުރު އެ އާއިލާއިން ފާހަގަކުރެއެވެ.
މި ދަތުރު ފެށުނު ގޮތާ ގުޅޭ ގޮތުން އެ ދެމަފިރީން ބުނެފައި ވަނީ ކައިވެންޏަށް ހަ އަހަރު ފުރުނު އިރު ، ރަނގަޅު ވަޒީފާ އަދާކޮށް ގެއެއް ބިނާ ކުރެވިއްޖެ ކަމަށާއި ދެން ބޭނުންވީ ދުނިޔެ ވަށައި ބުރެއް ޖަހައިލާން ކަމަށެވެ. އަދި އެ ދަތުރު ފެށުމަށް ނިންމީ ދަތުރު ދާން ކާރެއް ދިނުމަށް މީހަކު ހުށަހެޅުމުންނެވެ.
[caption id="attachment_145237" align="alignnone" width="497"]<img class="wp-image-145237" src="https://cdn.dhen.mv/wp-content/uploads/2022/03/herman-300x200.jpg" alt="" width="497" height="331" /> ހާމަންގެ ދަރީން ، ފެމިލީ ޕެޓާއެކު[/caption]
22 އަހަރުވީ މި ދަތުރުގައި ހާމަންގެ އާއިލާއިން ވަނީ އެތައް ގޮންޖެހުމަކާ ކުރިމަތިލައިފައެވެ. ހާސްވެކަންބޮޑުވި އެތައް ހާލަތްތަކެއް ގިރާކޮށްފައެވެ. އެ ގޮތުން ހާމަންއަށް މެލޭރިއާ ޖެހުމާއި އެފްރިކާއިން ކުރިމަތިވި އެބޯލާގެ ބަލިމަޑުކަމާއި ސެންޓްރަލް އެމެރިކާގައި ފެތުރުނު ޑެންގޫ ހުމުގެ ބަލިމަޑުކަމުގެ އިތުރުން އޭޝިއާގައި ނުރައްކަލާ ކުރިމަތިލާން ޖެހުނު ދޫނި ރޯގާ ހިމެނެއެވެ.
[caption id="attachment_145239" align="alignnone" width="477"]<img class="wp-image-145239" src="https://cdn.dhen.mv/wp-content/uploads/2022/03/home-schooling-300x200.jpg" alt="" width="477" height="318" /> ކުދީންގެ މަންމަ: ހޯމް ސްކޫލިންގައި[/caption]
މީގެ އިތުރުން ދަތުރަށް ރައްކާކުރި ފައިސާ ހުސްވުން ވެސް ބޮޑު ގޮންޖެހުމަކަށްވިއެވެ. ފައިސާ ހުސްވުމުން ހާމަން އާއިލާގެ ދަތުރު ފުރިހަމަކުރީ ކްރައުޑްފަންޑިން ސައިޓުން އާންމުން އެއްކޮށްދިން ފައިސާއިންނެވެ. ކެއުމާއި އެކަމަޑޭޝަން އަދި ޕެޓްރޯލްގެ ޚަރަދުތައް ހަމަޖެއްސީ ވެސް އެ ފައިސާއިންނެވެ. މީގެ އިތުރުން ކާރުގައި ކުދީންގެ މަންމަ ހިންގި ސްކޫލު ނުވަތަ "ހޯމް ސްކޫލިން"އަށް ވެސް ޚަރަދު ކުރީ އެ ފައިސާއިންނެވެ.







ކޮމެންޓް