Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ވިލިމާލޭ ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުން ހުއްޓުވައިފި

ވިލިމާލޭ ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުން ހުއްޓުވައިފި

ވިލިމާލޭގެ ދެކުނު ފަރާތުގައި އޮންނަ ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުމަށް މާލެ ސިޓީ ކައުންސިލުން އިއުލާންކުރުމާ ގުޅިގެން، ޕްލޭނިން މިނިސްޓްރީން އެކަން ހުއްޓުވައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ ވިލިމާލޭގައި ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ހުސްކޮށް އޮތް 13 ބިމެއް ކުއްޔަށް ދިނުމަށް ނިންމައި، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލައިފައެވެ.

މާލެ ސިޓީ ކައުންސިލުގެ އެ އިއުލާނާ ގުޅިގެން ޕްލޭނިން މިނިސްޓްރީން އިއްޔެ ވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ސޮއި ކުރައްވައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް އެޑްރެސް ކުރައްވައި ދެ ސިޓީއެއް ފޮނުއްވައިފައެވެ.

Advertisement
Ooredoo — Truecaller (box)

ފުރަތަމަ ސިޓީގައި ވަނީ ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ކުރިއަށްދާ އިރު ވޯކްސައިޓެއްގެ ގޮތުގައި ބޭނުންކުރުމަށް ކުރިން ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދަށް މިހާރު ބަދަލު އައިސްފައިވާ ކަމަށާއި ފަހުން އައި ބަދަލު އެނގޭ ގޮތަށް ސިޓީއާ އެކު ޗާޓެއް ވެސް ފޮނުއްވައިފައިވާނެ ކަމަށެވެ.

ދެވަނަ ސިޓީގައި ވަނީ ވިލިމާލޭގެ ސިނާއީ ސަރަހައްދުން ބިން ދޫކުރުމުގެ ކަންކަން ސިޓީ ކައުންސިލުން ކުރިއަށް ގެންދަންވާނީ ލާމަރުކަޒީ ގާނޫނުގައިވާ ގޮތަށް ލޭންޑް ޔޫޒް ޕްލޭން، ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅައި އެ ޕްލޭން ފާސްކޮށްގެން ކަމަށް އަންގައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް