ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 80 ރުފިޔާއިން މަތީގައި
ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 80 ރުފިޔާއަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
މީގެ ކުރިން ލުނބޯ ކިލޯއެއްގެ އަގު ބާޒާރުގައި ހުރީ 35 ރުފިޔާއަށެވެ. މިދިޔަ އަހަރު ފަހުކޮޅު ވެސް ލުނބޯ ކިލޯއެއްގެ އަގު ވަރަށް ބޮޑަށް އުފުލުނެވެ. އޭރު ލުނބޯ ކިލޯއެއްގެ އަގު 100 ރުފިޔާއަށް ބޮޑުވިއެވެ.
މިކަމާ ގުޅިގެން ވިޔަފާރިވެރިޔަކު މައުލޫމާތު ދިން ގޮތުގައި ރާއްޖެއިން ބޭރުން މުދާ ގެނައުމުގައި ބޮޑެތި ދަތިތަކާ ކުރިމަތި ލާން ޖެހެއެވެ. އޭގެ ތެރޭގައި ރާއްޖެއާ ހަމަޔަށް މުދާ އަންނަ އިރު ގިނަ ތަކެތި ހަލާކުވެފައި ހުރުމާއި މުދާ ލިބެންވާ ތާރީހަށް ނުލިބުން ވެސް ހިމެނެއެވެ.
ވިޔަފާރިވެރިން ބުނާ ގޮތުގައި އަގު މަތިވި މައިގަނޑު ސަބަބަކީ މި ބާވަތް ހުސްވުމެވެ.
ލުނބޯގެ އިތުރުން މިހާރު ބާޒާރުގައި ވިއްކާ ގިނަ މޭވާއާއި ތަރުކާރީގެ އަގު ވަނީ އުފުލިފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި މިހާރު ހުރި އަގަށް ވުރެ ވެސް ބޮޑު ވާނެ ކަމަށް ލަފާ ކުރާ ކަމަށް ވިޔަފާރިވެރިން މަޢުލޫމާތު ދެއެވެ.