Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ތިނަދޫ ހޮސްޕިޓަލަށް ހޭނައްތާ ޑޮކްޓަރެއް އަނެއްކާ ވެސް ފޮނުވައިފި

ތިނަދޫ ހޮސްޕިޓަލަށް ހޭނައްތާ ޑޮކްޓަރެއް އަނެއްކާ ވެސް ފޮނުވައިފި

ގދ. ތިނަދޫ ހޮސްޕިޓަލަށް ހޭނައްތާ ޑޮކްޓަރެއް އަނެއްކާ ވެސް ފޮނުވައިފިއެވެ.

ތިނަދޫ ހޮސްޕިޓަލަށް ފޮނުވާ ޑޮކްޓަރުން ދުވަސް ކޮޅުކޮޅުން ފިލައިގެންދާ މައްސަލަ ފެންމަތިވެފައި ވަނިކޮށް، އެ މައްސަލަ މީޑިއާތަކުގެ ސަމާލުކަމަށް އިތުރަށް އައިސްފައި މިވަނީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލީހަށް ދާދި ފަހުން ހާޒިރު ކުރުމަށް ފަހު، މި މައްސަލައާ ގުޅޭގޮތުން ތިނަދޫ ދާއިރާގެ މެންބަރު ސުވާލު ކުރެއްވުމުންނެވެ.

މަޖިލިހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނަސީމް އެއިރު ވިދާޅުވީ، ތިނަދުއަށް ހޭނައްތާ ފަސް ޑޮކްޓަރުން ފޮނުވި ކަމަށާއި ނަމަވެސް އެ ފަސް ޑޮކްޓަރުން ވެސް ފިލައިގެން ދިޔައީ ކަމަށެވެ. އެ ޑޮކްޓަރުން ފިލައިގެން ދިޔައިރު މިނިސްޓްރީއަށް ވެސް އެކަން އެނގިފައި ނުވާ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އެނގިފައިވާ ގޮތުގައި ތިނަދުއަށް މިއަދު ފޮނުވައިފައި ވަނީ ވަގުތީ ޑޮކްޓަރެކެވެ. އޭނާ ޚިދުމަތް ދޭނީ އެ ހޮސްޕިޓަލަށް ދާއިމީ ޑޮކްޓަރެއް ހަމަޖެހެންދެން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް