Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގިނަ އަދަދެއްގެ ބަނގުރަލާ އެކު މާލެއިން މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ބަނގުރަލާ އެކު މާލެއިން މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ބަނގުރަލާ އެކު މާލެއިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައި ފާސްކޮށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އެ އޮޕަރޭޝަނުގައި މާފަންނު ގެއަކުން އުމުރުން 30 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ ގެ ބަލައި ފާސްކުރިއިރު 21 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

ބަނގުރަލާ ގުޅޭ ކޮންމެ މައްސަލައެއްގައި ވެސް މިވަގުތު ދައުވާކުރަނީ ގާނޫނުލްއުގޫބާތުގެ 613ވަނަ މާއްދާގެ ދަށުންނެވެ. އެގޮތުން ބަނގުރާ ބޭނުންކޮށް، ގެންގުޅޭ މީހެއްގެ އަދަބަކީ ދެ މަހާއި، 12 ދުވަހަށް ޖަލަށްލުމެވެ. އަދި އެ ކުށަށް އިއުތިރާފްވާ މީހެއްގެ އަދަބަކީ އެއްމަހާއި 24 ދުވަހެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް