ޚަބަރު ސަރުކާރު

އެމެރިކާއިން ރާއްޖެއަށް 3.2 މިލިއަން ޑޮލަރު ދެނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
3.2 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމުގައި ރާއްޖެއާއި އެމެރިކާއިން ސޮއިކުރަނީ | ފޮޓޯ: ފޮރިން މިނިސްޓްރީ

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެހީވުމަށް އެމެރިކާ ސަރުކާރުން 3.2 މިލިއަން ޑޮލަރު ރާއްޖެއަށް ދިނުމަށް ނިންމައިފިއެވެ.

Ads by MWSC

މި އެހީ ރާއްޖެއަށް ފޯރުކޮށްދެނީ އެމެރިކާ ސަރުކާރުގެ އޭޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ)އާއި ރާއްޖޭގެ ފޮރިން މިނިސްޓްރީން، ދެގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ ބައިލެޓްރަލް އެގްރީމެންޓްގެ ދަށުންނެވެ.

3.2 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލެވެ. އެމެރިކާގެ ފަރާތުން ސޮއި ކުރެއްވީ އެމެރިކާއިން ދޭ އެހީގެ ކަންކަން ބަލަހައްޓާ ޔޫއެސްއެއިޑުން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ މިޝަން ޑިރެކްޓަރު ރީޑް އެލްޒިމަންއެވެ.

ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ރީޑް ވިދާޅުވީ މިއެއްބަސްވުމުގެ ތެރެއިން ތިމާވެއްޓާ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެމެރިކާއާއި ރާއްޖޭން ސަމާލުކަންދޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ގެނުވާނެ ކަމަށެވެ.

މިއެހީގެ ތެރޭގައި ޕަބްލިކް ފައިނޭންސް މެނޭޖްމެންޓާއި ގާނޫނުގެ ބާރުވެރިކަން ހަރުދަނާ ކުރުމަށާއި ލާމަރުކަޒީ ނިޒާމަށް އެހީވުމަށާއި ތިމާވެށި ރައްކާތެރިކުރަން ފައިސާ ހަރަދު ކުރާނެއެވެ.

ރާއްޖެއަށް ފައިސާގެ އެހީ ދިނުމުގެ އެއްބަސްވުމެއްގައި އެމެރިކާއާ އެކު ސޮއިކުރީ 2019ވަނަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހުއެވެ. ފަހުން ދޭން ނިންމި 3.2 މިލިއަން ޑޮލަރާ އެކު އެގައުމުން ރާއްޖެއިން ދިން އެހީ މި ވަނީ 25 މިލިއަން ޑޮލަރަށް އަރައިފައެވެ. މިއީ 386.3 މިލިއަން ދިވެހި ރުފިޔާއެވެ.

ޔޫއެސްއޭއައިޑީން ދަނީ ތިމާވެށިގެ ވިލުންތެރިކަން އިތުރު ކުރުމަށާއި އިގުތިސާދީ އަދި ޑިމޮކްރެޓިކް އިސްލާހީ ބަދަލުތައް ރާވާ ހިންގުމަށާއި ބާރުވެރި އަދި ހިންގުންތެރި މަދަނީ ޖަމިއްޔާ ޖަމާއަތްތަކެއް ބިނާ ކުރުމަށް ދިވެހި ސަރުކާރާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!