Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޕްރިޒަން އޮފިސަރުންނަށް "ނެލްސަން މަންޑޭލާ ރޫލްސް" ޕްރޮގްރާމެއް ހިންގައިފި

ޕްރިޒަން އޮފިސަރުންނަށް "ނެލްސަން މަންޑޭލާ ރޫލްސް" ޕްރޮގްރާމެއް ހިންގައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން ޔޫއެންއޯޑީސީއާ ގުޅިގެން “ދި ނެލްސަން މަންޑޭލާ ރޫލްސް”އާ ގުޅޭ ގޮތުން ޕްރިޒަން އޮފިސަރުންނަށް ޓްރޭނިންގ ޕްރޮގްރާމްގެ ރިފްރެޝަރ ޕްރޮގްރާމެއް މިއަދު ބާއްވައިފިއެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ “ދި ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ޓްރީޓްމަންޓް އޮފް ޕްރިޒަނަރސް (ދި ނެލްސަން މަންޑޭލާ ރޫލްސް)” ނުވަތަ ޖަލުތަކުގައި ބޭނުންކުރާ އެންމެ ދަށް މިންގަނޑު، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގައި މަސައްކަތްކުރާ ހުރިހައި ޖަލު އޮފިސަރުން އަޙުލުވެރިކުރުވައި، ޖަލު އޮފިސަރުންގެ މަސައްކަތްތައް ތަރައްޤީކޮށް ސްޓްރީމްލައިން ކުރުވުމެވެ.

އެ ގޮތުން ހުރިހައި ޕްރިޒަން އޮފިސަރުންނަކީ ދި ނެލްސަން މަންޑޭލާ ރޫލްސްއަށް އަހުލުވެރި ކުރެވިފައިވާ އޮފިސަރުންނަށް ހެދުމުގެ ގޮތުން 2020ވަނަ އަހަރު ޔޫއެންއޯޑީސީގެ އެހީތެރިކަމާ އެކު ހިންގި “ދި ނެލްސަން މަންޑޭލާ ރޫލްސް”ގެ “ޓްރޭނިންގ އޮފް ޓްރޭނަރސް” ޕްރޮގްރާމްއިން ތަމްރީންކުރެވިފައިވާ 14 އޮފިސަރުން ޓްރޭނަރސްގެ ގޮތުގައި ޓްރޭންކުރެވިފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

މާފުށީ ޖަލުގެ އޮފިސަރުންނަށް ރިފްރެޝަރ ޓްރޭނިންގ ކުރިއަށް ގެންގޮސްފައި ވަނީ ޓީއޯޓީ ފުރިހަމަކޮށްފައި ތިބި އޮފިސަރުންގެ ތެރެއިން ޕްރިޒަން ސާރޖެންޓް ފާތިމަތު ޒޫނާއާއި ޕްރިޒަން ސާރޖެންޓް އާދަމް ޒާހިދެވެ.

ރިފްރެޝަރ ޕްރޮގްރާމްގެ މި ބެޗްގައި މާފުށީ ޖަލުގެ 20 ޕްރިޒަން އޮފިސަރުން ބައިވެރިވެފައިވެއެވެ. މިީގެ 03ވަނަ ޕްރޮގްރާމް މިއަހަރުގެ އޭޕްރީލް މަހުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް