ދުނިޔެ

ޖަޕާނަށް ބާރުގަދަ ދެ ބިންހެލުން އަތުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖަޕާނަށް ބާރުގަދަ ދެ ބިންހެލުން އަތުވެއްޖެއެވެ.

Ads by WAMCO

ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި މި ދެ ބިންހެލުން ވެސް އައިސްފައި ވަނީ ފުކްޝިމާ ނިއުކްލިއާ ޕްލާންޓް ހުންނަ ސަރަހައްދުގެ އައްސޭރި ފަށަށެވެ.

ޖަޕާނަށް ފުރަތަމަ ބިންހެލުން އައިސްފައި ވަނީ ރާއްޖޭ ގަޑިން މިރޭ 7:34 ހައިއިރެވެ. މިއީ 6.4 މެގްނިޓިއުޑް ބާރުމިނުގައި އެރި ބިންހެލުމެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެ ޤައުމަށް ދެވަނަ ބިންހެލުން އައިސްފައި ވަނީ ރާއްޖޭ ގަޑިން މިރޭ 7:36 ހާއިރެވެ. ފުރަތަމަ ބިންހެލުމާ ދެމިނެޓެއް ހައިއިރު ފަހުން އައި މި ބިންހެލުން އައިސްފައި ވަނީ 7.3 މެގްނިޓިއުޑް ބާރުމިނުގައި ކަމަށް ބޭރުގެ ރިޕޯޓުތަކުން ބުނެއެވެ.

ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އޭޖެންސީން ބުނީ މި ދެ ބިންހެލުން ވެސް އައިސްފައި ވަނީ ކަނޑުގެ 60 ކިލޯމީޓަރު (36 މޭލު) އަޑިން ކަމަށެވެ.

ޖަޕާނަށް އައި މި ދެ ބިންހެލުމުގެ ސަބަބުން ސުނާމީއެއް އަރައިފާނެ ކަމުގެ އިންޒާރު ވެސް އެ ޤައުމުގެ މެޓް އޮފީހުން މިހާރު ވަނީ ދީފައެވެ.

މީގެ އިތުރުން ބިންހެލުމުގެ ސަބަބުން ވެރިރަށް ޓޯކިޔޯއަށް ވެސް އަސަރުކޮށްފައި ވެއެވެ. އެ ގޮތުން ބައެއް ސަރަހައްދުތަކުން ކަރަންޓު ވެސް ކެނޑިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!