Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮނޑޭ މިސްކިތުގެ މަސައްކަތް ފަށައިފި

ކޮނޑޭ މިސްކިތުގެ މަސައްކަތް ފަށައިފި

ގއ. ކޮނޑޭގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މިކަމަށް ޓަކައި މިއަދު ކޮނޑޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު މައުލޫމާތު ދެއްވި ގޮތުގައި ކޮނޑޭގައި އަލަށް އަޅައި މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ. ޒަމާނާ އެއްގޮތަށް ފަރުމާ ކޮށްފައިވާ މި މިސްކިތުގައި، އެހެން މިސްކިތްތަކާ ހިލާފަށް ތަނބެއް ނުހުންނަ ގޮތަށެވެ.

Advertisement
Ooredoo — Truecaller (box)

އެ މިސްކިތް އަޅަން އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެކު އިސްލާމިކް މިނިސްޓްރީން ސޮއިކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އެ މަސައްކަތް އަމޭންއާ ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް