Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

ކޮވިޑްގެ އިތުރު ރާޅެއް އަތުވެއްޖެ ނަމަ، ފިޔަވަޅު އަޅާނީ ބަލި ފެތުރޭ ސަރަހައްދުތަކަށް އެކަނި

ކޮވިޑްގެ އިތުރު ރާޅެއް އަތުވެއްޖެ ނަމަ، ފިޔަވަޅު އަޅާނީ ބަލި ފެތުރޭ ސަރަހައްދުތަކަށް އެކަނި

ކޮވިޑް-19ގެ އިތުރު ރާޅަކާ ކުރިމަތިލާން ޖެހިއްޖެ ނަމަ، އިސްކަންދޭނީ ބަލިފެތުރޭ ސަރަހައްދުތަކުގައި ފިޔަވަޅު އަޅައިގެން ބަލި ކޮންޓްރޯލް ކުރުމަށް ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައިގައެވެ.

ރާއްޖޭގައި ކޮވިޑް ވޭދަނަތައް މަދުވުމާ އެކު، މިހާރު ކޮންމެހެން ކުއްލި ހާލަތު ބާއްވާން ނުޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅައިފައި ވަނީ ވަރަށް ރަނގަޅަށް ބެލުމަށް ފަހުގައި ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ރާއްޖޭގެ ކޮންމެ ހިސާބެއްގައި ކޮވިޑުގެ ރާޅެއް އައި ކަމުގައިވިޔަސް، އެ ތަނެއް ކަރަންޓީނު ކޮށްގެން އެ ކަންތައްތައް ހައްލު ކުރެވޭނެ ނިޒާމު ޤާއިމުކުރެވޭނެ ކަމަށާއި، އެ ތަޖުރިބާ އެބަހުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް އެންމެ ފުރަތަމަ ފެނުނު ދުވަސްކޮޅު ގިނަބަޔަކަށް ބަލި ޖެހުނު ނަމަވެސް މިހާރު ރާއްޖޭގައި ފެތުރެމުން އަންނަނީ ބަލީގެ ލުއި ވޭރިއަންޓެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ބައްޔާ ގުޅިގެން ރާއްޖޭގައި އެޅި ފިޔަވަޅުތައް އުވައިލުމުގައި ސިއްހީ މާހިރުންގެ ލަފަޔަށް ބެއްލެވި ކަމަށް ވިދާޅުވެފައެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގައި އިއުލާނު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު، ދެ އަހަރަށް ފަހުގައި އުވައިލައިފައި ވަނީ މިމަހުގެ 13ވަނަ ދުވަހުއެވެ.

މިހާލަތު އުވައިލި ނަމަވެސް، ކުރިމަގުގައި ކޮވިޑް-19އަށް އިޖާބަ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ނޭޝަނަލް ސްޓްރެޓެޖީއާއި އެކްޝަން ޕްލޭނެއް މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅުއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް