Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސައީދުގެ ރައްދު ނަޝީދަށް: އަޅުގަނޑު ރައީސްއާ ޖަދަލެއް ނުކުރާނަން!

ސައީދުގެ ރައްދު ނަޝީދަށް: އަޅުގަނޑު ރައީސްއާ ޖަދަލެއް ނުކުރާނަން!

ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދަށް ރައްދު ކުރައްވައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ބަސްތަކަށް ސައީދު ރައްދުދެއްވައިފިއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީގެ) އެތެރޭގެ އިންތިޚާބުގެ ފޯރިގަދަވެފައިވާ މިދަނޑިވަޅުގައި ޗެއަރޕަރސަންގެ މަގާމަށް ވާދަކުރައްވާ މިނިސްޓަރ ފައްޔާޒު އިސްމާއީލަށް ތާއީދު ކުރައްވާ ސައީދު ފެނަކައިގެ މުވައްޒަފުންނަށް ބިރު ދައްކާކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.

މި ތުހުމަތުތަކާ ގުޅިގެން އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި ރައީސް ނަޝީދު މިރޭ ވަނީ ސައީދަށް ބަހުގެ ހަމަލާތަކެއް ދެއްވައިފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ފެނަކައަކީ ސައީދުގެ އަމިއްލަ ތަނެއް ނޫންކަން ހަނދާން ކުރައްވަން ވާނެ ކަމަށާއި "ދެން އެންމެ މީހަކަށް ގުޅިޔަސް، ފާޅުގައި ނިކުންނަވާނެ"ކަމަށެވެ. އަދި ސައީދު މަސައްކަތް ކުރައްވަނީ ރައީސް ނަޝީދު އެމްޑީޕީން ބޭރުކުރަން ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

Advertisement
HDC — Sidebar (box)

https://dhen.mv/146220

މި ވާހަކަތަކަށް ރައްދު ދެއްވައި އެމްޑީޕީ ގައްދޫ ދާއިރާގެ ރައީސް ސައީދު ވިދާޅުވީ އެފަދަ ކަމެއް ނުކުރައްވާ ކަމަށެވެ.

"ރައީސް، އަޅުގަނޑު ފެނަކަ ކޮން މުވައްޒަފަކަށް ކޮން ވަގުތަކުތޯ ވަޒީފާގެ ބިރު ދެއްކީ. އެމީހަކު ނުހުންނާނެ. އެފަދަ ކަމެއް ނުކުރާނަން. އަދި ނުވެސް ކުރާނަން،" ސައީދު ލިޔުއްވިއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ "ތިޔަހެން ޖަދަލުކުރާ ނަމަ ވެސް އިދިކޮޅަށް ނިކުންނާނެ"ކަމަށެވެ. އަދި ސައީދު މިއަދު ހުންނެވި ހިސާބަށް އާދެވުނު ގޮތް ސައީދަށް އޮޅިއްޖެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ވާހަކަތަކާ އެކު ރައީސް ނަޝީދު ޕާޓީން ބޭރުކުރަން އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށާއި އެފަދަ މަސައްކަތެއް ކުރަން ސައީދަކީ ކާކުތޯ އޭނާ ވިދާޅުވިއެވެ. އެ ވާހަކައަށް ވެސް ރައީސް ނަޝީދު ވަނީ ހޫނު ރައްދެއް ދެއްވައިފައެވެ.

"ސައީދު ތިޔަހާ މުނާފިގު ނުވެބަލަ، ދޮގު ނުހަދަބަލަ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޗެއަރޕަރސަންގެ އިންތިޚާބު މިހާރު ވަނީ ވަރަށް ފޯރިގަދަވެފައެވެ. ރައީސް ނަޝީދުގެ ތާއީދު އޮތް އިންތި ވެސް ވަނީ ރައީސް ނަޝީދު އެމްޑީޕީން ބޭރުކުރަން ބަޔަކު މަސައްކަތް ކުރާކަމަށް ވިދާޅުވެފައެވެ.

ޗެއަރޕަރސަންގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މެއި 14ގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް