Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ސިވިލް ކޯޓުގައި އޮތް މައްސަލައަކާ ގުޅިގެން ސްޓެޕް އައްޔަ ހޯދަން އިއުލާންކޮށްފި

ސިވިލް ކޯޓުގައި އޮތް މައްސަލައަކާ ގުޅިގެން ސްޓެޕް އައްޔަ ހޯދަން އިއުލާންކޮށްފި

ސިވިލް ކޯޓުގައި އޮތް މައްސަލައަކާ ގުޅިގެން ކުރީގެ ނެށުންތެރިޔާ އަދި ފިލްމީތަރި އަލީ ޝާހިދު (ސްޓެޕް އައްޔަ) ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ސްޓެޕް އައްޔަގެ ފޮޓޯއާ ވަނަވަރު އާންމު ކުރުމަށްފަހު ފުލުހުން ވިދާޅުވެފައި ވަނީ އައްޔަ ހޯދަނީ ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

އެގޮތުން ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައި ވަނީ އައްޔަ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށެވެ.

Advertisement
Allied — Dhen Online (box)

އައްޔަ ހޯދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ސްޓެޕް އައްޔަ ކޯޓަށް ހާޒިރުކޮށްދިނުމަށް އަމުރުކޮށްފައި ވަނީ މާދަމާ ހެނދުނު 10:45ގައެވެ.

ފުލުހުން ވަނީ އައްޔައާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާ ނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް ވެސް އެދިލައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް