Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކުރެންދޫ ބައިއިލެކްޝަނާ ދިމާކޮށް އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށަނީ

ކުރެންދޫ ބައިއިލެކްޝަނާ ދިމާކޮށް އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށަނީ

ޅ.ކުރެންދޫ ކައުންސިލަށް ރައީސަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓްލާން ހަތަރު ދުވަހަށް ވެފައިވަނިކޮށް، އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށަން ތައްޔާރުވެއްޖެއެވެ.

މި މަޝްރޫއު ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ، ކުރެންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފެށުމަށް ޓަކައި، އިއްޔެ ޕްރޮޖެކްޓް ސައިޓު މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

https://twitter.com/MTCCPlc/status/1506114238523535364

Advertisement
Ooredoo — Square (box)

ކުރެންދޫ ކައުންސިލުގެ ރައީސް ހޮވުމަށް ބާއްވާ ބައިއިލެކްޝަން އޮތީ، އަންނަ ހޮނިހިރު ދުވަހުއެވެ. މި އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަ ކުރައްވަނީ އަލީ ނަސީމެވެ.

އިދިކޮޅު މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ފަރާތުން ވާދަ ކުރަައްވަނީ ކުރިން ވެސް އެރަށު ކައުންސިލުގެ ރައީސްކަން ކުރައްވައިފައިވާ އިސްމާއީލް މަދީހެވެ.

ކުރެންދޫގެ ބައި-އިލެކްޝަނާ ދިމާކޮށް އެ ރަށުގައި މަޝްރޫއުއެއް ފެށުމަށް ތައްޔާރުވިއިރު، މިދިޔަ މަހު ބޭއްވި ށ.ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް ސަރުކާރުން ވަނީ އެ ދާއިރާގައި ގިނަ މަޝްރޫއުތަކެއް ފަށައިފައެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވޭ މަޝްރޫއުއަކީ ބެޖެޓުން ބޭރުން، 249 މިލިއަަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ފެށި، ދެ ކޮމަންޑޫ ގުޅުވައިލުމުގެ މަޝްރޫއުއެވެ. ނަމަވެސް އިންތިހާބަށް ފަހުގައި، އެ ދާއިރާގައި ފެށި މަޝްރޫއުތައް "ބަރަވެލި" ދުވެލީގައި ކުރިއަށްދާ ކަމަށް ބުނެ، ދާއިރާގެ ރައްޔިތުން މިހާރު ދަނީ ޝަކުވާ ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް