ދުނިޔެ

މިހައިތަނަށް ރަޝިއާގެ 15،000 އަށް ވުރެ ގިނަ ސިފައިން މަރުވެއްޖެ: ޔޫކްރެއިން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރަޝިއާއާއި ޔޫކްރެއިނާ ދެމެދު ހިނގާ ހަނގުރާމަ ފެށުނު ފަހުން، މިހައިތަނަށް ރަޝިއާގެ 15،000 ސިފައިން ހަނގުރާމައިގައި މަރުވެފައިވާކަމަށް ޔޫކުރެއިންގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

Ads by Sosun Fihaara

އެ މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި، މިހައިތަނަށް ރަޝިއާގެ 509 ޓޭންކާއި، 1،556 ހަތިޔާރު އެޅި އުޅަނދާއި، 252 އާރޓިލަރީ ސިސްޓަމް ވެސް ވަނީ ހަލާކު ކޮށްލެވިފައެވެ.

ރަޝިއާއާއި ޔޫކްރެއިންގެ ހަނގުރާމަ ފެށުނު ފަހުން ރަޝިއާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ހުޅަނގުގެ ބައެއް ޤައުމުތަކުން ވެސް ވަނީ ރިޕޯޓު ކޮށްފައެވެ. ނަމަވެސް ރަޝިއާއިން މަރުވި މީހުންގެ އަދަދު އެ ގައުމުން ހާމަކޮށްފައި ވަނީ އެންމެ ފަހަރަކުއެވެ.

މިމަހުގެ 2 ވަނަ ދުވަހު ރަޝިއާއިން ބުނެފައިވާ ގޮތުގައި އެ ދުވަހާއި ހަމައަށް ހަނގުރާމައިގައި މަރުވެފައިވާ އެގައުމުގެ ސިފައިންގެ އަދަދަކީ 498 އެވެ. އެހެން ނަމަވެސް ދާދި ފަހުން އެމެރިކާއިން ހާމަ ކޮށްފައިވާ ގޮތުގައި، ހަނގުރާމާގައި މަރުވެފައިވާ ރަޝިއާ ސިފައިންގެ އަދަދަކީ 7،000 އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!