Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރޯދަ މަހު ކިޔަވައިދޭނީ ގިނަވެގެން ތިން ގަޑިއިރު

ރޯދަ މަހު ކިޔަވައިދޭނީ ގިނަވެގެން ތިން ގަޑިއިރު
ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހު ސްކޫލުތަކުގައި ކިޔަވައިދޭނީ ގިނަ ވެގެން ތިން ގަޑިއިރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައި، އެކަން ސްކޫލުތަކަށް އަންގަވައިފިއެވެ. އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ސޮއި ކުރައްވައި، ސްކޫލުތަކަށް މި މަހުގެ ހަތްވަނަ ދުވަހު ފޮނުއްވި ސާކިއުލާއެއްގައި ވިދާޅުވީ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ސްކޫލްތަކުގައި ކިޔަވައިދޭނީ ގިނަ ވެގެން ތިން ގަޑިއިރު ކަމަށެވެ. އެގޮތުން އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގެ ކިޔެވުން ހެނދުނު 8:30-9:00އާ ދޭތެރޭގައި ފެށުމަށާއި އަދި ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތައް ވެސް ހެނދުނު 8:30-3:00 އާ ދެމެދު ކިޔެވުން ކުރިއަށް ގެންދިޔުމަށް މިނިސްޓްރީން އަންގަވައިފައިވެއެވެ. މީގެ އިތުރުން އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނަށް ސްކޫލްގައި އެންމެ ގިނަވެގެން ކިޔަވައިދޭނީ ދޮޅުގަޑިއިރު ކަމަށާއި ގްރޭޑު 1-6ގެ ދަރިވަރުންނަށް ދެ ގަޑިއިރާ 30 މިނެޓު އަދި 7-12ގެ ދަރިވަރުންނަށް ތިން ގަޑިއިރު ކިޔަވައިދޭން ހަމަޖެއްސުމަށް ވެސް އެޑިއުކޭޝަނުން އަންގަވައިފައިވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން މީގެ އިތުރުން ވިދާޅުވެފައި ވަނީ ރަމަޟާން މަހު ކިޔަވައިދޭ ވަގުތުތައް މަދުވުމުން، މާއްދާތައް ނަގައިދޭ ދިގުމިން 30-45 މިނެޓަށް ފެއްތުމަށެވެ. އަދި ރޯދަ މަހުގެ އެކި މާއްދާތައް ކިޔަވައިދިނުމަށް ލިބޭ ޖުމްލަ ވަގުތަށް ބަލައި، ކްލާސްތަކުގެ ޓައިމްޓޭބަލް އެކުލަވައިލާއިރު މަދުވެގެން ދެ ހަފްތާގެ ތެރޭގައި ހުރިހާ މާއްދާއެއް ކިޔަވައިދެވޭނެ ގޮތަށް އިންތިޒާމް ހަމަޖައްސަން ވެސް ސާކިއުލާގައި އެދިފައިވެއެވެ. ދަންފަޅިތައް ބެހުމުގައި ބައެއް ކަންކަމަށް ސަމާލުވުމަށް ވެސް މިނިސްޓްރީން އެދިވަޑައިގެންފައިވެއެވެ. އެގޮތުން:
  • ޓީޗަރުންގެ މަސައްކަތުގެ ގަޑި ޖުމްލަ ހަތަރު ގަޑިއިރަށް ވުރެ ދިގުނުވާނެ ގޮތް ހެދުން
  • ހަވީރު 4:00ން ރޭގަނޑު 9:00އާ ދެމެދު ސްކޫލްގެ އެއްވެސް ހަރަކާތެއް ނުރޭވުން
  • މެންދުރުފަހުގެ ދަންފަޅި ވީހާ ވެސް އަވަހަކަށް ނިންމައި ޓީޗަރުންނާއި ދަރިވަރުން ގެއަށް ދެވޭނެ ގޮތް ހެދުން

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް