ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކީ ''ވީ ހާލެއްގައި ވާންޖެހޭ ސަބަބެއް ނެތް'' ކަމަށް އެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވުމުން، ޤާނޫނީ ވަކީލު އަދި ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އެކަމަށް ރައްދު ދެއްވައިފިއެވެ.
ޓްވިޓާ މެދުވެރިކޮށް ނާޒިމް ސައްތާރާއި ރީކޯ މޫސަ ބަހުގެ ހަމަލާތަކެއް އެކަކު އަނެކަކަށް އަމާޒުކޮށްފައި މިވަނީ ފައްޔާޒަށް ތާއީދު ކުރައްވާ އެންމެ ބޮޑު ހަގީގަތަކީ މިހައިތަނަށް އެމްޑީޕީގެ އިސް ސަފުގައި ނަޝީދުއާ ހިޔާލު ތަފާތުވި އެންމެން ޕާޓީން ބޭރުކޮށްލި ގޮތަށް އެ ޖާގަނުދީ ފަޔާގެ އިތުބާރު ނެތްކަމަށް ހުށަހެޅުމުން ވެސް, އެމްޑީޕީން ''އާއިލީ ބާރު'' ކަނޑުވަން ކެރިގެން ފައްޔާޒު ތެދުވެވަޑައިގަތް ކަމަށް މޫސަ ވިދާޅުވުމުންނެވެ.
މޫސަގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ނާޒިމް ސައްތާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގޯލްޑް ކޮއިން "އަޒީބެ"އަށް މިހާރު ވެސް ފައިސާ ނުދެއްކިގެން މޫސަގެ ހެވީ ލޯޑް ކުންފުނީގެ އެކަންޓުތައް ފްރީޒްކުރާ ހިސާބުގައި އޮތް ކަމަށެވެ.
ނާޒިމް ސައްތާރުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން މޫސަ ވަނީ، ނާޒިމް ވަކީލުކަން ކިޔަވައި ވިދާޅުވީ އެމްޑީޕީއަށް ލިބުނު ފައިސާތަކުން ކަމަށް ތުހުމަތު ކުރައްވައިފައެވެ. އަދި އެ ފައިސާ މެންބަރުންނަށް ދެއްކުމަށް ވެސް ރީކޯ މޫސަ ގޮވައިލައްވައިފައި ވެއެވެ.
"އެމްއޯ ހޮޓެލްސް އެންޑް ރިސޯޓްސްގެ އެކައުންޓުތައް ވެސް ފްރީޒް ކޮށްއިފަ. ސަރުކާރަށް ކުލި ދައްކަނީކީ ނޫން. ދެން ރައީސް ނަޝީދާ ދިމާލަށް ބެވީމަ ކުލި މާފުވޭތަ؟" ނާޒިމް ސައްތާރު ސުވާލު ކުރައްވައިފައި ވެއެވެ.
"ދަރަނިވެރި ވީނު،؟ އެމްޑީޕީ ފައިސާއިން ވައްކަމެއް ނުކުރަމެއްނު. ޅަ ފިރިހެން ކުދިން ފަހަތަކުން ނުދުވަމެއްނު. ކޯޓުތަކަށް އަތް ބާނައިގެން މައުލޫމާތު ހޯދައިފައި ހާމަ ކުރައްވައި، ވައްކަމެއް ނެތް އެއް ޖިންސުގެ މައްސަލައެއް ނޯންނާނެ ކަލޭގެ ކަންކަން ހާމަކޮށްބަލަ ވާއެއްޗެއް ބަލަން" ނުރުހުން ފާޅު ކުރައްވަމުން މޫސާ މަނިކު ވިދާޅުވިއެވެ.
ޖިންސީތަފާތެއްނެއް ހަމަހަމަކަމަށް ވަކާލުތުކުރައްވަނީ އެހެންވެދޯ އެއީކީ ފުވަހަކުވެސްވާނެކަމެއްނޫން މައިންބަފައިންނަށް ދޭންޖެހޭލޯބިވެސް ބައްޕައަށްވުރެ މަށްމައަށް ތިންގުނައިތުރު މައިންއެއުފުލާ ބުރައެއް ބައްޕައިންނަކަށް ދިވަހަކުވެސް ނުއުފުލޭނެ އެމެތްތެރިކަމެއް ފިރިހެނުންގެ ނުހުއްނާނެދެލޯފުޅާ ….
ރީކޯމޫސަގެދުލަށްހެލޭވަރުގެބޭފުޅެއްނޫންނަށީދަކީ
މޫސައަކީ ފައްކާ…
ބޮންގޮއްވުމުގައި މޫސަގެއަތެއް ވުމާއި ވަރައްވައްތަރު