މޫނު ނިވާކޮށް ވަޅިއެއް ހިފައިގެން ފިހާރައަކަށް ވަދެ ފޭރިގެންފި

މޫނު ނިވާކޮށް، ވަޅިއެއް ހިފައިގެން އައްޑޫގެ ފިހާރައަކަށް ވަދެ ފޭރިގެންފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފިހާރައަކަށް މީހަކު ވަދެ، ތޫނު އެއްޗަކުން ބިރު ދައްކައިގެން ފޭރުނު މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ.
މޫނު ނިވާކޮށްގެން ފިހާރައަކަށް ވަދެ ފޭރުނު މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖެއް މީސް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.
ދެ އަތަށް ހުދު އަންގިއެއް ލައްވައިގެން، ކަޅު ކުލައިގެ ދިގު ހެދުމެއް ލައިގެން މޫނު އެއްކޮށް ފޮތިގަނޑެއް ފާޑު އެއްޗަކުން ނިވާ ކޮށްގެން ހުރި މީހަކު އެ ފިހާރައަށް ވަންނަ މަންޒަރާއި، ކައުންޓަރުގައި ތިބި ދެ މުވައްޒަފުންނަށް ވަޅިން ބިރު ދެއްކުމަށް ފަހު ކައުންޓަރުގައި ހުރި ފައިސާތައް ހިފައިގެންދާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.
އެނގިފައިވާ ގޮތުގައި މިކަން ހިނގައިފައި ވަނީ މިއަދު މެންދުރުފަހު 3:00ހާއިރެވެ.