ތުލުސްދޫގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ކ. ތުލުސްދޫގައި މޫދަށް އެރި އުޅުނު އިޓަލީގެ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ތުލުސްދޫ އުތުރު ފަރާތުން މޫދަށް އެރި އުޅެނިކޮށް ފަތުރުވެރިއަކު ގެނބިގެން އުޅޭ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 10:48ހާއިރު ލިބިފައިވާ ކަމަށެވެ.
މި ހާދިސާގައި ގެނބިގެން ނަގައިފައި ވަނީ އުމުރުން 72އަހަރުގެ އިޓަލީ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އޭނާ މަރުވެފައި ވަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ގެނބިފައި ވަނީ ކަނޑާ ދިމާލަށް ނިކުންނަން އޮންނަ ނެރުމައްޗަށެވެ. އޭނާ މޫދަށް ފޭބި ސަރަހައްދަކީ އާންމުން ނުދިޔުމަށް ބޯޑު ޖަހައިފާވާ ސަރަހައްދެކެވެ.