Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

ފުވައްމުލަކުގައި ނިމިފައި ވަނީ މިހައިތަނަށް 4 މަޝްރޫޢު، ހިނގަމުންދަނީ 8 މަޝްރޫޢު

ފުވައްމުލަކުގައި ނިމިފައި ވަނީ މިހައިތަނަށް 4 މަޝްރޫޢު، ހިނގަމުންދަނީ 8 މަޝްރޫޢު
މި ސަރުކާރު އައި ފަހުން ފުވައްމުލައް ސިޓީގައި ތަރައްޤީގެ ހަތަރު މަޝްރޫޢު ނިމިފައިވާ ކަމަށާއި އަދި އަށް މަޝްރޫޢެއް ހިނގަމުންދާކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ. ރައީސް އޮފީހުން މިއަދު އާންމު ކުރި މައުލޫމާތުގައި ވިދާޅުވެފައި ވަނީ، ފުވައްމުލަކުގައި މިހާރު ތަރައްޤީގެ ހަތަރު މަޝްރޫޢު ނިމި، ތިން މަޝްރޫޢު ކޮންޓްރެކްޓް ކުރެވި، ހަތަރު މަޝްރޫޢު ޓެންޑަރކޮށް، ދެ މަޝްރޫޢު އެވޯޑުކޮށް އަދި އަށް މަޝްރޫޢު ހިނގަމުންދާ ކަމަށެވެ.

ފުވައްމުލަކުގައި ނިމިފައިވާ މަޝްރޫޢުތައް

▪︎ ފުވައްމުލައް އެލްޖޭއެމް ސްކޫލްގެ މަލްޓި ޕާޕަސް ހޯލް ▪︎ ފުވައްމުލައް ހޮސްޕިޓަލު އަޕްގްރޭޑު ކުރުން ▪︎ އައުޓްޑޯ ޖިމް ▪︎ ފްލެޓް ސަރަހައްދުގެ ލޭންޑްސްކޭޕް އަދި ފެންސް

ފުވައްމުލަކުގައި ހިނގަމުންދާ މަޝްރޫޢުތައް

▪︎ މަގު ހެދުން ▪︎ ހާފިޒުއަހުމަދު ސްކޫލް 16 ކްލާސްރޫމްގެ ތިން ފަންގިފިލާ އިމާރާތް ▪︎ މުހައްމަދު ޖަލާލުއްދީން ސްކޫލް 16 ކްލާސްރޫމް އަދި ކޮމްޕިއުޓަރ ލެބް އިމާރާތް ▪︎ ފުވައްމުލައް ސްކޫލް މަލްޓި ޕާޕަސް ހޯލް ▪︎ ފުވައްމުލައް ހޮސްޕިޓަލު ތަރައްޤީ ކުރުން ▪︎ މަސްޖިދުލް ހުދާ އިމާރާތްކުރުން ▪︎ ދޫޑިގަން އަވަށު މިސްކިތް އިމާރާތްކުރުން ▪︎ ދޫޑިގަން އަވަށު ފުޓުބޯޅަ ދަނޑު ތަރައްޤީކުރުން

ކޮންޓްރެކްޓް ކުރެވިފައިވާ މަޝްރޫޢުތައް

▪︎ ގޮނޑުދޮށް ހިމާޔަތް ކުރުން ▪︎ ޤުރުއާނާ ބެހޭ މަރުކަޒު ތަރައްޤީކުރުން ▪︎ ވޮލީ ކޯޓު ތަރައްޤީ ކުރުން ފުވައްމުލައް ސިޓީގެ ތަރައްޤީގެ މަޝްރޫޢުތައް ރައީސް އޮފީހުން ހާމަކުރައްވާފައިވާ އިރު، އެ މަޝްރޫޢުތައް ކުރިއަށްދާގޮތް ބައްލަވައިލެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިވަގުތު ހުންނެވީ ވެސް ފުވައްމުލައް ސިޓީގައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް