ޚަބަރު

ކުރެންދޫ ބައި-އިލެކްޝަން: ވޯޓުލުން ފެށިގެން ކުރިއަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ކުރެންދޫ ކައުންސިލުގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް ދަނީ--

ޅ.ކުރެންދޫ ކައުންސިލުގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެއެވެ.

Ads by Sosun Fihaara

މި ބައި-އިލެކްޝަނުގައި ވޯޓުލުމަށް ދެ ވޯޓު ފޮއްޓެއް ބަހައްޓައިފައިވެއެވެ. އެގޮތުން އެއް ނަމްބަރު ވޯޓު ފޮއްޓަށް ވޯޓުލާން ފަށައިފައިވަނީ 8:00ގައެވެ. ވޯޓުލުން ކުރިއަށްދާނީ މެންދުރުފަހު 3:00އާ ހަަމައަށެވެ.

އެފޮއްޓަށް ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 415 މީހުންނަށެވެ. އަދި ދެ ނަމްބަރު ވޯޓު ފޮއްޓަށް ވޯޓުލާން ފަށައިފައިވަނީ 8:12ގައެވެ. އެފޮއްޓަށް ވޯޓު ލުމުގެ ހައްގު 515 މީހަކަށް ލިބިފައިވެއެވެ.

ކުރެންދޫ ބައި-އިލެކްޝަނުގައި ވާދަކުރަނީ ރާއްޖޭގެ އެންމެ ވާދަވެރިކަން ބޮޑު ދެ ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އެވެ.

މި ބައި-އިލެކްޝަނަށް އެމްޑީޕީން ވާދަކުރައްވަނީ ޅ. ކުރެންދޫ، ރީހުއްސަބާ، އަލީ ނަސީމެވެ. އެމްޑީޕީން ކެނޑިޑޭޓް ނެރެފައި ވަނީ އެތެރޭގެ އިންތިޚާބަކުންނެވެ. އެ އިންތިޚާބަށް ހުޅުވައިލުމުން ކުރިމަތިލީ ވެސް ނަސީމް އެކަންޏެވެ.

މީގެ އިތުރަށް ޕީޕީއެމުން މި ދާއިރާއަށް ވާދަކުރައްވަނީ ކުރިން ވެސް ކުރެންދޫ ކައުންސިލްގެ ރައީސްކަން ކުރެއްވި އިސްމާއީލް މަދީހެވެ.

ކުރެންދޫގެ އިތުރުން، ފ.ނިލަންދޫ އަދި ދ.މީދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގެ ވޯޓުލުން ވެސް މިއަދު ކުރިއަށް އެބަދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!